ޕާލިމެންޓަރީ ގްރޫޕްގައި ހިމެނޭނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
ޕާލިމެންޓަރީ ގްރޫޕުގެ މަސްއޫލިއްޔަތު
ޕާލިމެންޓަރީ ގްރޫޕްގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ ޚިޔާލު ފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރުއެޅުވުމެވެ. އަދި ޕާޓީގެ ސިޔާސަތު ރައްޔިތުންގެ މަޖިލީހުގައި ދިފާއުކުރުމެވެ.
ޕާލިމެންޓަރީ ގްރޫޕުގެ ޒަޢާމަތު
ޕާލިމެންޓަރީ ގްރޫޕްގެ އެންމެ އިސްފަރާތަކީ ޕާލިމެންޓަރީ ގުރޫޕުން އިންތިޚާބުކުރާ އެގުރޫޕުގެ ރައީސްއެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އަށް އެހީތެރިވެދިނުމަށް އެގްރޫޕުން ކަނޑައަޅާ އަދަދަކަށް ޕާލިމެންޓަރީ ގްރޫޕްގެ ނާއިބު ރައީސުންނާއި ވިޕުން އެގްރޫޕުން އިންތިޚާބުކުރަންވާނެއެވެ.
ޕާލިމެންޓަރީ ގްރޫޕުގެ ޖަލްސާތަކުގެ ރިއާސަތު ބެލެހެއްޓުން
ޕާލިމެންޓަރީ ގްރޫޕްގެ ރިއާސަތު ބަލަހައްޓާނީ މިގްރޫޕުގެ ރައީސް ނުވަތަ ގްރޫޕުގެ ނައިބު ރައީސް ނުވަތަ އެގްރޫޕުން ކަނޑައަޅާ ފަރާތެކެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގުރޫޕު ހިންގާ ޤަވާއިދު