އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގައި ހިމެނެނީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޤައުމީ މަޖިލީހުން އިންތިޚާބު ކުރާ އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ 5 (ފަހެއް) މެމްބަރެކެވެ.
އިސްލާމްދީނުގެ މަޝްވަރާ މަޖިލިހުގެ މެންބަރުންގެ ޝަރުޠު
(ހ) އިސްލާމިކް ޔުނިވަރސިޓީއަކުން ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާ ކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން
(ށ) އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
(ނ) ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
(ރ) ހާފިޒުކަމުގެ ސަނަދުއޮތުން
(ބ) އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން
އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ މަސްއޫލިއްޔަތު
އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގެ މަސްއޫލިއްޔަތަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީކުރުމާއި، ދީނީ ކަންކަމުގައި އެމްޑީޕީއަށް ދީނީ ލަފާ ދިނުމެވެ.
އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގެ އެންމެ އިސް ފަރާތަކީ އެމަޖިލިހުން އިންތިހާބުކުރާ ރައީސްއެވެ. އަދި ނައިބު ރައީސްއެއް އެމަޖިލިހުން އިންތިހާބު ކުރަން ވާނެއެވެ.
އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން
އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގެ ރިޔާސަތު ބަލަހައްޓާނީ މަޖިލިހުގެ ރައީސް ނުވަތަ މަޖިލިހުގެ ނައިބު ރައީސްއެވެ.