އެމް.ޑީ.ޕީ ސަރުކާރުގެ ބައެއް އިސްވެރިންނަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ފޮނުއްވި ސިޓީއާއި ގުޅިގެން ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ގެ ސަރުކާރުގެ ބައެއް އިސްވެރިންނަށް، ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ނަމުގައި ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ދަންނަވަމެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ގެ ސަރުކާރު އޮތް އިރު، ސަރުކާރުގެ އިސްވެރިން ޢަމަލުކުރައްވާފައިވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
އޯޑިޓް ރިޕޯރޓެއްގައި ހިމެނޭ ކަމަކާ ގުޅިގެން މައްސަލައެއް އޮތްނަމަ، ދައުލަތުން ނުވަތަ ސަރުކާރުން ޢަމަލުކުރައްވަންވާނީ އޯޑިޓް ރިޕޯރޓާ ގުޅިގެން ޢަމަލުކުރެއްވުމަށް އޮންނަ ހަމަތަކުގެ މަތިންކަމަށްދެކެމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 30 އޮގަސްޓް 2016