ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރާޒީ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީ ހުށަހަޅުއްވައިފި

Presentation1

ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލްއުސްތާޛް އަހުމަދު ރާޒީ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީ ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް މ. މަޑުއްވަރީ، ކާނިގޭ، އަލްއުސްތާޛް އަހްމަދު ރާޒީއަށް ލިބިލެއްވީ އިއްޔެ ބާއްވަން ހަމަޖެއްސި އެމްޑީޕީގެ ޕްރައިމަރީގައި ރާޒީއާ ވާދަކުރައްވާ މ. ތްރީއޭވިލާ، އިބްރާހިމް ޖިހާދު ނަން އަނބުރާ ގެންދެވުމުންނެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޖޫން ގައެވެ.