ރައްޔިތުންގެމަޖިލީހުގެ މ ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ މި ޕާޓީގެ މެންބަރުން 26 އޭޕްރިލް 2015 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު މިކަމަށްއެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މިޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ. މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން އިލެކްޝަންކޮމިޝަންއަށް ހުށަހަޅަންޖެހޭ ކުށުގެރިކޯޑު ސާފުކޮށް ނިންމުމަށް ދަންނަވަމެވެ.
މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓުން ކަނޑައަޅާނީ 27 އޭޕްރިލް 2015 ވާ ހޯމަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.
ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ..
22 އޭޕްރިލް 2015