އެމްޑީޕީ އައްޑޫ ސިޓީ، ނޫސްބަޔާން

noosbayan

އެމް.ޑީ.ޕީ އަކީ އަބަދުވެސް ސުލްހަ މަސަލަސް ކަން ޤައުމުގައި ގާއިމުކޮށް ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭން ޖެހޭ ހައްޤުތައް ހޯދައިދިނުމަށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ޕާރޓީއެކެވެ. އެމް.ޑީ.ޕީ ގެ އިއްޒަތްތެރި މަޖިލީސް މެމްބަރުންނަކީ ރައްޔިތުންގެ ލާބަޔާ މަންފާއަށް އަބަދުވެސް މަސައްކަތް ކޮށްދެއްވާ ރައްޔިތުންނަށް އަމާންކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

10-10-2014 ވީ ހުކުރު ދުވަހުގެރޭ އެމް.ޑީ.ޕީ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ގާ އުކާ މާރާމާރީ ހިންގާ ޖަލްސާގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކޮށް އަދި އެމް.ޑީ.ޕީ ހިތަދޫ ދެކުނު ދާއިރާ އޮފީސް އަންދާލާ ތަކެއްޗަށް ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބީ އަމަލެކެވެ. އެރޭގައި ހިނގާދިޔަ މިކަންކަމަކީ، ޤާނޫނު އަސާސީން ލިބިދީފައިވާ ސިޔާސީ ޕާޓީ ހިންގުމާއި، ޚިޔާލުފާޅުކުރުމުގެ ހައްޤަށް ހުރަސްއެޅޭ ފަދަ ނާތަހުޒީބު ކަންކަމެވެ. އަދި މިއަމަލު އެމް.ޑީ.ޕީ އައްޑޫ ސިޓީއިން ވަރައް ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތައް ތަފާތުކުރުމެއްނެތި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލަމެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އަބުދުﷲ މުއާޒު މީ އެމް.ޑީ.ޕީ އިން ރާވައިގެން ކުރުވި ކަމެއް ކަމަށާއި އެމް.ޑީ.ޕީ އަކީ ޤައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރާ ޕާޓީ އެއްކަމަށް ނިސްބަތްވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ވަރަށް ޒިމްމާދާރު ކުޑަގޮތަކަށް ދެއްކެވި ވާހަކަ ފުޅެކެވެ. ތަރުޖަމާނުގެ މި ތުހުމަތަކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ. މިވާހަކަ އެމް.ޑީ.ޕީ އައްޑޫ ސިޓީ އިން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. 13-10-2014 ވަނަ ދުވަހުގެރޭ ދަންވަރު 1.00 ޖަހާކަށްހާއިރު ރައީސް ނަޝީދު އައްޑޫގައި ދިރި އުޅުއްވާ ގެކޮޅަށް ގަލުން ދިން ހަމަލާއަކީ ވެސް ބިރުދެއްކުން، މި ފަދަ ކަންކަން ތަކުރާރުކޮށް އެމް.ޑީ.ޕީއަށް އަމާޒުވަމުންދަނީ، އެމް.ޑީ.ޕީގެ މަޤްބޫލުކަން ފެންނަމުންދާތީ، ޕާޓީއާއި އިދިކޮޅު ފަރާތްތަކުން އެފަދަ ކަންކަމަށް ހިތްވަރުދެމުން ގެންދާތީކަމުގައި މި ޕާޓީން ދެކެއެވެ. sdއައްޑޫސިޓީގެ އަމާން ނަގާލާ މި އަމާންވެށި ހަލަބޮލި ކޮށްލުން ކަމުގައި މިސިޓީގެ މެމްބަރުންnދެކެއެވެ. ރައީސް ނަޝީދަކީ މި ސިޓީގެ ގިނަ އަދަދެއްގެ ބައެއްގެ ރުހުމާއި ލޯބި ލިބިގެންވާ ބޭފުޅެއްކަން މި ދަނޑިވަޅުގައި ފާހަގަކޮށްލަމެވެ. ލޯތްބާއި މަޤުބޫލު ކަމަކީ ބިރުދެއްކުމުން ހޯދޭނެ އެއްޗެއް ނޫންކަމުގައި ޕާޓީއާއި އިދިކޮޅު ފަރާތްތަކަށް ދަންނަވަމެވެ. އަދި އެންމެހާ ގޮންޖެހުންތަކާއި، ނުރައްކަލުގެ ތެރޭގައިވެސް ޕާޓީގެ ހިންގުމަށް، ޕާޓީގެ ހަރަކާތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަރުވަމެވެ.

އަހްމަދު އަދްހަމް
އެމް.ޑީ.ޕީ އައްޑޫ ސިޓީ ރައީސް