ކުޅުދުއްފުށީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ދެ އެކްޓިވިސްޓުން ހައްޔަރު ކުރިކުރުންް އެންމެ ހަރުކަށި އިބާރަާތުން ކުށްވެރިކުރަން!

noosbayan

ކުޅުދުއްފުށީ އެމް.ޑީ.ޕީގެ ޒުވާނުންގެ ގޮފި
ހދ ކުޅުދުއްފުށި
MDP.K/ N ނަންބަރ : 2013/001

ނޫސް ބަޔާން

ކުޅުދުއްފުށީ އެމް.ޑީ.ޕީގެ ޒުވާނުންގެ ގޮފީގެ ދެ އެކްޓިވިސްޓުން ހައްޔަރު ކުރިކުރުންް އެންމެ ހަރުކަށި އިބާރަާތުން ކުށްވެރިކުރަން!

އަޅުގަނޑުމެންގެ ކެންޕެއިން އިވެންޓް މެނޭޖަރ އަހުމަދު އާތިފް ހައްޔަރުކޮށްްފައިވަނީ މުޅިން ދޮގު ތުހުމަތެއް ކޮށް އެމް.ޑީ.ޕީގެ އަގު ވައްޓާލުމަށާއި ރަށުތެރޭގައި ބިރުވެރިކަން އުފައްދާ ކެންޕެއިންގެ އިސްކޮށް އުޅޭފަރާތް ތަކަށް ބިރުދެއްކުމުގެ މަޤުސަދުގައި ކަމަށް އަޅުގަނޑުމެން ދެކެމެވެ.
އަދި އަޅުގަނޑުމެންގެ ޒުވާން އެކްޓިވިސްޓް އަހުމަދު އަބްދުއްރަހީމް(ބެނޭ) މުޅިން ހަގީގަތާއި ހިލާފް ދޮގު ތުހުމަތެއް ކޮށް ހައްޔަރު ކޮށްފައިވާތީމިކަން ހަރުކަށި އިބާރާތުން ކުސްވެރިކުރަމެވެ.
އެގިވަޑައިގަންނަވާނެފަދައިން ރިޔާސީ އިންތިހާބު ހިނގައިގެންދިޔަ އަމާން އޮމާން ރީތިގޮތް ފެނި ބަޤާވާތުގެ އަހުލުވެރިން ބަލިވެ ނިކަމެތިވެގެން ދިޔަ ދިއުން ރާއްޖޭގެ ހުރިހާ ރައްޔިތުނަށްވަނީ އެންގިގެންގޮސްފައެވެ.
ވީމާ މިކަންކަން އެހެންގޮތަކަށް އަންބުރަލާ މިކަމުގައި އެހެން ކުލައެއްޖެއްސުމުގެ މަޤުސަދުގައި މިކަހަލަ ނާތަހުޒީބީ ތުހުމަތުތަށްކޮށް ރައްޔިތުންނަށް ބިރުދެއްކުމުގެ އަމަލުތަށް ނުކުުރުމަށް މޯލްޑިވްސް ޕޮލިސް ސާރވީސް އަށް އިލްތިމާޒް ކުރަމެވެ.
11 ސެޕްޓެމްބަރ 2013

ބަޔާން ނެރުނީ: ކުޅުދުއްފުށީ ޔޫތު ވިންގް
މުހައްމަދު އަބްދުއްރަހްމާން