ބާޣީ ފުލުހުން އެމްޑީޕީގެ އިންސާފުގެ މައިދާން ތަޅާލައި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ހައްޔަރުކޮށްފި

insaafuge-maidhaan-4-450-x-291

ބާޣީ ފުލުހުން އެމްޑީޕީގެ އިންސާފުގެ މައިދާނަށް އަރައިގަނެ، އެތަނުގެ މުދަލަށް ގެއްލުންދީ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހައްޔަރުކޮށްފިއެވެ.

އެމްޑީޕީން މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ބާޣީ ސަރުކާރާ ދެކޮޅަށް މެދު ނުކެނޑި ސުލްހަވެރި އިޙްތިޖާޖެއް ކުރަމުންދާ ރާޅުގަނޑު ސަރަހައްދަށް ރޭ ދަންވަރު ފުލުހުން އަރައިގަނެ ގަދަ ބާރުން އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކުރި އިރު ބައެއް ނޫސްވެރިންނަށް ވެސް ހަމަލަދީފައި ވެއެވެ.

insaafuge-maidhaan-2-266-x-173insaafuge-maidhaan-230-x-173

ރޭ 2.45 ހާއިރު ފުލުހުން ހިންގި މި ނޭއްގާނީ ޙަރަކާތުގެ ސަބަބުން އެމްޑީޕީގެ ބައެއް ސަޕޯޓަރުންނަށް އެކިވަރުގެ ޒަޚަމްލިބި، ފަރުވާކުރަން ޖެހުނެވެ. އަދި ބާޣީ ފުލުހުން މި އަމަލެއް ހިންގީ އެމީހުންގެ އެހީތެރިކަމާއެކު ގެނެސްފައިވާ ބާޣީ ސަރުކާރާ ދެކޮޅަށް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ރޭ ދަންވަރު ގަޑިއެއްހާ އިރު ވަންދެން މާލޭގެ މަގުތަކުގައި ސައިލަކު ބުރު ޖަހައި، ބާޣީ ފުލުހުންނާއި، ބާޣީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައި ވަނިކޮށެވެ.