އިއުލާން: MDP/2022/035 ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވާލުން

މިޕާޓީގެ އަސާސީ ޤަވައިދުގެ 101 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމެޓީތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުން އެކަމަށްއެދި ލިންކްގައިވާ ގޫގުލް ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޕާސްޕޯޓް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއިއެކު ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ހިމެނޭގޮތަށް މީހާގެ މައުލޫމާތު ހިމެނޭ ސީވީއެއް (ވަނަވަރު) ގެ ޕީޑީއެފް އެޓޭޗް ކުރެއްވުމަށްފަހު 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އަސާސީ ޤަވައިދުގެ 101 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމެޓީތައް
1- ފިޔަވަޅުއަޅާ ކޮމިޓީ
2- އިންތިޚާބާއިބެހޭ ކޮމިޓީ
3- އިޤްތިޞާދީ ކަންކަމާބެހޭ ކޮމިޓީ
4- ތައުލީމާބެހޭ ކޮމިޓީ
5- ޞިއްޙަތާއި ވެލްފެޔާއާބެހޭ ކޮމިޓީ
6- މީޑިއާ ކޮމިޓީ
7- ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
8- މަސައްކަތާ އިޖްތިމާއީ ޚިދުމަތްތަކާބެހޭ ކޮމިޓީ
9- މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާބެހޭ ކޮމިޓީ
10- ގެދޮރާބެހޭ ކޮމިޓީ
11- ޤާނޫނީ ކަންކަމާބެހޭ ކޮމިޓީ
12- އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
13- ހޯދުންތަކާއި ސިޔާސަތް އެކުލަވާލުމާބެހޭ ކޮމިޓީ
14- ސަލާމަތާބެހޭ ކޮމިޓީ
15- ދަތުރުފަތުރާބެހޭ ކޮމިޓީ
16- ޙައްޤު ކޮމިޓީ

ގޫގުލް ފޯމް