8th July 2026
02 މެއި 2024 ވީ ބުރާސްފަތި ދުވަހު، ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ޤަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައެވެ. މިމަގު ޗާޓުގެ މައްސަކަތް ނިންމުމަށް ޗެއަރޕާސަން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މިކޮމިޓީގެ މެންބަރުންނަކީ: 1. އަލްއުސްތާޛް ފައްޔާޟް އިސްމާއިލް (މުޤައްރިރު) - މއ. ބޯގަންވިލާ / މާލެ 2. އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ - ގ. އޮއިނާށި / މާލެ 3. އަލްއުސްތާޛް އިމްތިޔާޒް ފަހްމީ - އަފްޒާ / މާލެ 4. އަބްދުﷲ ސާދިޤް - ކައުސަރު / ސ. ހިތަދޫ 5. އަލްއުސްތާޛް މައުރޫފް އަޙްމަދު - ނިއުލައިޓް / ލ. ކަލައިދޫ 6. އިބްރާހިމް ވަޙީދު - މ. ބަނަފްސާވިލާ / މާލެ 7. މުޙައްމަދު ރަޝީދު ޙުސައިން - މ. ޖަވާހިރުވާދީ / މާލެ 8. އަޙްމަދު އަބްދުﷲ - އޯޝަންވިލާ / ހއ. ތަކަންދޫ 9. އަލްއުސްތާޛް މަޙްފޫޒް ސައީދު - ވިކްޓަރީ / ގއ. ކޮލަމާފުށި 10. ޔާސިރު ޢަބްދުލްލަ ޠީފ ް - މިޒާޖް / ހދ. ކުޅުދުއްފުށި 08 ޖުލައި 2026
8th July 2026
06 ޖުލައި 2026 ވާ ހޯމަ ދުވަހު ބޭއްވުނު ކައުންސިލަރސް އެސެމްބްލީގެ ހިންގާ ކޮމިޓީގެ ދާއިމީ ނަތީޖާ އާންމުކޮށް އަންގާ އިއުލާންކުރީމެވެ. 08 ޖުލައި 2026
8th July 2026
06 ޖުލައި 2026 ވާ ހޯމަ ދުވަހު ބޭއްވުނު އ.ތ.މ ވިންގްގެ ހިންގާ ކޮމިޓީގެ ދާއިމީ ނަތީޖާ އާންމުކޮށް އަންގާ އިއުލާންކުރީމެވެ. 08 ޖުލައި 2026
2nd July 2026
2026 އޮގަސްޓް 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިޚާބަށް މިޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުން، 07 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތުހުޅާލި ވާހަކަ އާއްމުކޮށް އަންގާ އިއުލާންކުރަމެވެ. ގޫގުލް ފޯމް https://forms.gle/d4qnrAJZRLhPDmkg8 02 ޖުލައި 2026
23rd June 2026
ކައުންސިލަރސް އެސެމްބަލީ އަދި ޑަބްލިޔު ޑީ ސީ ވިންގްގެ ހިންގާ ކޮމިޓީގައި ވާދަކުރަން ހުޅުވާލެވުނު އިއުލާނާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ. 23 ޖޫން 2026
23rd June 2026
ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފިއެވެ. މިއޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އިބްރާހިމް ޢަމީރެވެ.
23rd June 2026
ކައުންސިލަރސް އެސެމްބަލީ އަދި ޑަބްލިޔު ޑީ ސީ ވިންގްގެ ހިންގާ ކޮމިޓީގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކައުންސިލަރުންނާއި ޑަބްލިޔު ޑީ ސީ މެންބަރުންގެ ލިސްޓް މިއިއުލާނާއިއެކު އާއްމުކުރީމެވެ. 23 ޖޫން 2026
22nd June 2026
14 ޖޫން 2026 ކުރިމަތިލުމަށް އިއުލާންކުރުން 21 ޖޫން 2026 ކުރިމަތިލުމަށް ނަން ހުށަހެޅުމުގެ ފަހު ވަހުތު - 14:00 23 ޖޫން 2026 ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ލިސްޓު އާންމުކުރުން 23 ޖޫން 2026 ވޯޓުލެވޭ މެންބަރުންގެ ދަފްތަރަށް އާންމުކުރުން 06 ޖޫން 2026 ވޯޓުލާ ދުވަސް ( ހެނދުނު 09:00 ން މެންދުރު 12:00އަށް) 06 ޖޫން 2026 ވަގުތީ ނަތީޖާ އިއުލާންކުރުން 07 ޖޫން 2026 ދާއިމީ ނަތީޖާ އިއުލާންކުރުން 22 ޖޫން 2026
21st June 2026
2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވާފައިވާ ”ބޮޑު ބަދަލު“ އޮފީސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފިއެވެ. މިއޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އަލްއުސްތާޛް ޙަސަން ލަޠީފެވެ. މިކަން ޢާންމުކޮށް އަންގައި، އިޢުލާން ކުރީމެވެ.