އިއުލާން: MDP/2022/034 އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލުމަށް ހުޅުވާލުން

އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުންގެ ތެރެއިން ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ހަމަވާ މެމްބަރުން އެކަމަށްއެދި ލިންކްގައިވާ ގޫގުލް ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޕާސްޕޯޓް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި އެކު އެޓެސްޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ޕީޑީއެފް އެޓޭޗް ކުރެއްވުމަށްފަހު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އަސާސީ ޤަވައިދުގެ 54 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް
1- އިސްލާމިކް ޔުނިވަރސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން،
2- އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
3- ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
4- ހާފިޒުކަމުގެ ސަނަދުއޮތުން
5- އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން

ގޫގުލް ފޯމް