އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ކޮމިޓީގެ މެންބަރުންނާއި ސެކްރެޓޭރިއެޓާއި އެކު ބޭއްވުނު ބަދަލުވުމުގެ ނިންމުން

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމަށް ޒޫމް މެދުވެރިކޮށް ޕާޓީގެ ސެކްރެޓޭރިއެޓް އާއި ޕާޓީ އަށް ނިސްބަތްވާ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއިއެކު 26 މެއި 2021 ވީ ބުދަދުވަހުގެރޭ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މިބައްދަލުވުން ޝަރަފްވެރި ކޮށްދެއްވީ ޕާޓިގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އެވެ. މިބައްދަލުވުމުގައި ޕާޓިގެ ފަރާތުން ނިންމިފައިވަނީ ކޮމިޓީގެ ރައީސް ގެ މަޤާމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލާ ފާތިމަތު ޝިފާ އައްޔަން ކުރުމަށެވެ. ޝިފާ އައްޔަން ކުރުމަށް ނިންމެވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޖުމްލަ 10 މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމިޓީގެ ނައިބު ރައީސް ގެ މަގާމަށް 02 މެންބަރަކު ޝައުޤުވެރިކަން ފާޅުކުރެއްވުމާއި ގުޅިގެން އެ 02 މެންބަރުންގެ މެދުގައި ވޯޓެއް ނެގުނެވެ. އެ 02 މެންބަރުންނަކީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ވިރާޝާ މުހައްމަދު އާއި ވިލިމާލެ ދާއިރާގެ މެންބަރު އައިމިނަތު އީމާން އެވެ. މި 02 މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ނައިބު ރައީސް ގެ މަގާމަށް 02 ވޯޓުގެ ތަފާތަކުން ހޮވިވަޑައިގަތީ އައިމިނަތު އީމާން އެވެ.