އެމް،ޑީ،ޕީ ކުޑަހުވަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމް،ޑީ،ޕީގެ ރަޢީސް، އަދި ރައްޔިތުން މަޖިލީހުގެ ރަޢީސް، ރަޢީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ކައިރިން ގޮވާއެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބުމާއި ގުޅޭ

މާލޭގައި 06 މެއި 2021 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ރައްޔިތުން މަޖިލީހުގެ ރަޢީސް، ރަޢީސް މުޙައްމަދު ނަޝީދު އެމަނިކުފަނުގެ ގެކޮޅުކައިރިން، އެމަނިކުފާނުގެ ކާރު ކޮޅަށް އަރާވަޑައިގަންނަވަނިކޮށް ގޮވާއެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން މިދާއިރާއިން ކުއްވެރިކުރަމެވެ. އަދި މިދާއިރާއިން ދެކޭގޮތުގައި ޓެރަރިޒަމްގެ މި ޢަމަލަކީ އަނިޔާވެރިކަމާއި ރަޙުމްކުޑަކަމުގެ ދަށުދަރަޖައިގެ ޢަމަލެކެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީސްގެ ޢިއްޒަތްތެރި ރަޢީސްގެ މަޤާމްގައި ހުންނެވި ބޭފުޅަކަށް އަމާޒުކޮށް ހިންގެ ޓެރަރިޒަމްގެ އަނިޔާވެރި ޢަމަލަކަށްވާތީ، މިކަމަކީ މިދާއިރާއިން އިންތިޙާއަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއްކަމުގައިވެސް ދަންނަވަމެވެ. މިކަމުގެ ސަބުބުން މިދާއިރާގައި އުޅުއްވާ ރައްޔިތުންގެ ހިތްތަކުގައި ނުހަނު ކަންބޮޑުވުމާއި، ބިރުވެރިކަން އުފެދިފައިވާތީ ކަމަކަށްވާތީ، މިކަންކުރި ބަޔަކު، އަދި މިކަމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗައް ގެނެސް، ހައްޤު އަދަބު ދިމުމަށް ކަމާއިބެހޭ އެންމެހައި މުވައްސަސާތަކަށް މިދާއިރާއިން ގޮވާލަމެވެ.

ޝާތިރް އަބްދުއްރަޙްމާން
ކުޑަހުވަދޫ ދާއިރާގެ ރަޢީސް