އެމްޑީޕީ ކާށިދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ (06 މޭ 2021) ދީފައިވާ ނިރުބުވެރި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ (06 މޭ 2021) ދީފައިވާ ނިރުބުވެރި ޙަމަލާ، ކާށިދޫ ދާއިރާގެ އެންމެހާ މެންބަރުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން.

ރައީސް ނަޝީދަށް ޢަމާޒުކޮށް ދީފައިވާ މި ފިނޑި ޢަމަލު ތަޙްޤީޤްކޮށް، މި ނާތަހުޒީބު ޢަމަލު ހިންގި ފަރާތްތަކާއި މި ޢަމަލު ހިންގުމަށް ހިއްވަރު ދިން ފަރާތްތައް ހޯދާ، އެފަރާތްތަކާއިމެދު ފުރިހަމަ އަވަސް ތަޙްޤީޤެއް ހިންގަވާ މި ނުރައްކާތެރި ޢަމަލުގައި ޝާމިލްވާ ފަރާތްތައް ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް، އެފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ކާށިދޫ ދާއިރާގެ އެންމެހާ މެންބަރުންގެ ފަރާތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމާގުޅުންހުރި ހުރިހާ މުޢައްސަސާތަކަށާއި ވެރިންނަށް ގޮވާލަން.

މި ޙަމަލާގައި ރައީސް ނަޝީދަށް އަދި އަނިޔާވި އެހެން ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ﷲ ޞުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވަން.

އަޙްމަދު އަޝްވާން ނުޢުމާން
ކާށިދޫ ދާއިރާގެ ރައީސް