އެމްޑީޕީ ލީޑަރޝިޕް އިންތިޚާބު 2019

އެމް.ޑީ.ޕީ ގެ ރައީސް އަދި ނައިބްރައީސް ކަމުގެ މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރު 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
ވީމާ ރައީސް އަދި ނައިބްރައީސް ކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށްއެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.m އަށް ނުވަތަ މިޕާޓީގެ މައި އޮފީހުގެ ދެވަނަ ފުލޯއަށް 19 އޮކްޓޫބަރ 2019 ވާ (ހޮނިހިރު) ދުވަހުގެ 12:00ގެ ކުރިން ފޯމްހުށައެޅުއްވުމަށް ދަންނަވަމެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ (19 އޮކްޓޫބަރ 2019) ގެ ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

ރައީސް އަދި ނައިބު ރައީސް އިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް

ރައީސް އަދި ނައިބު ރައީސް އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތަށް ތާއީދު އޮތްކަން އަންގައިދޭ ލިޔުން