ޒުވާނުންގެ ހިއްވަރުގެ ލޯގޯ ޑިޒައިންކޮށް ކުރެހުމަށް އާންމުކޮށް ހުޅުވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ކޮންގްރެސް މިއަހަރުގެ އޯގަސްޓް 30 އަދި 31 މި ދެދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސްގައި ޒުވާނުންގެ ހިތްވަރުގެ އައު ލޯގޯ ފާސްކުރުމަށް ވަނީ އެޖެންޑާ ކުރެވިފައިވެއެވެ. މިހެންކަމުން މި ލޯގޯ ޑިޒައިންކޮށް ކުރެހުމަށް އާންމުކޮށް ހުޅުވާލާ ވާހަކަ ދެންނެވީމެވެ.

މައިގަނޑު ކުލަ: ރަންރީނދޫ
ތީމް: ޒުވާނުން، ލީޑަރުން
ހުށަހެޅޭނެ އެންމެ ފަހު ތާރީޙް: 23 އޯގަސްޓް 2019
އިނާމު: 3000 (ތިން ހާސް) ރުފިޔާ

ހުށަހެޅުންތަކުގެ ތެރެއިން ހޮވާލެވޭ ލޯގޯ އަކީ މުސްތަޤްބަލުގައި މި ޕާޓީގެ ޒުވާނުންގެ ހިތްވަރުން ރަސްމީކޮށް ދެން ބޭނުންކުރާނެ ލޯގޯކަމުން އެންމެހާ ދިވެހި ކުރެހުންތެރިންނާއި ފަންނުވެރިންނަށް ލޯގޯ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.