15 އޮކްޓޯބަރ 2010
![1 އެމްޑީޕީ މަޑަވެލި ދާއިރާގެ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން، އެދާއިރާގެ ރައީސް (ކ) ހިންގާ ކޮމިޓީގެ އިތުރު 2 މެންބަރަކާއެކު .. ފޮޓޯ އަރުހަމް](http://mdp.org.mv/wp-content/uploads/2010/10/67435_133366490048549_100001255963010_184553_532805_n-360x480.jpg)
އެމްޑީޕީ މަޑަވެލި ދާއިރާގެ ހިންގާކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ހަވީރު އެމްޑީޕީ ކެމްޕެއިން، އޮފީސް މާފަންނު ރެޑްގުރާސްގައި ބާއްވައިފިއެވެ. މިބައްދަލުވުމުގައި އެމްޑީޕި މަޑަވެލި ދާއިރާގެ އިދާރީ އޮފީސް ޤާއިމްކުރާނެތަނަކާއި ބެހޭގޮތުންނާއި ދައިރާ ހިންގުމަށް ފައިސާ ހޯދާނެގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން ޕާޓީގެ އެސެޓްތައް އިންވެންޓްރީ ކޮށް ދާއިރާގެ ބެލުމުގެ ދަށަށް ގެނައުމަށް ހަމަޖައްސައި ހޯނޑެއްދޫގައި ދާއިރާގެ ހުރިހާ ގޮފިތަކާއިއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވެއެވެ. އަދި މިބައްދަލުވުމަށް ފަހުގައި ދާއިރާގެ ރަށްތަކުގައި އާއްމު ޖަލްސާއެއް ބެއްވުމަށް ނިންމައި ބާއްވާނެ ތާރީޙެއް ފަހުން ކަނޑައެޅުމަށް ނިންމެވިއެވެ. ދާއިރާގެ ފައިސާ ޚަރަދުކޮށް ފައިސާ ހޭދަކުރުމަށް އޮތަރައިޒްދޭނެ ފަރާތެއް ދެންބާއްވާ ދާއިރާ ހިންގާ ކޮމެޓީގެ ބައްދަލުވުމެއްގައި ކަނޑައެޅުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މަޑަވެލި ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ރިޔާސަތު ބެލެހެއްޓެވި މިފުރަތަމަ ބައްދަލުވުމުގައި ދާއިރާގެ ނައިބު ރައީސް މުހަންމަދު މައުރޫފާއި ސެކެޓްރީ މުއާޒު މުޙައްމަދު ބައިވެރިވެވަޑައި ގެންނެވިއެވެ.