މިއަދު ބޭއްވުނު ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ދޫކުރައްވާ އެމްޑީޕީގެ ޑެލެގޭޝަން ނިކުމެވަޑައިގެންފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ދޫކުރައްވާ އެމްޑީޕީގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުން ނިކުމެވަޑައިގެންފިއެވެ. މިއަދު މިބޭއްވުނު މި ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވަޑައިގެންނެވީ އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ، އެމް.ޑީ.ޕީގެ ޑެޕިއުޓީ ޗެއާރޕާރސަން އަލީ ނިޔާޒް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު, ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމެވެ. މިގޮތަށް ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވީ އެމްޑީޕީގެ ކެމްޕޭނަށް އެއްވެސް ވަރަކަށް ފުރުސަތު ނުދޭތީއެވެ. އެގޮތުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ ވިދާޅުވީ މާލެއިން އެމްޑީޕީގެ ހަރަކާތްތަކަށް ތަންތަން ނުލިބޭ ކަމަށާއި، އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސްއަޅާ ކަމަށެވެ. ހޯމަ ދުވަހު އެމްޑީޕީން ހިންގި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުއްޓުވި އިރު އެމްޑީޕީން ހުކުރު ދުވަހު ބޭއްވި ޖަޒީރާ ރަން ވެސް ވަނީ ފުލުހުން ހުޓުވާފައެވެ.