އެމްޑީޕީގެ ދާއިރާ މަޖިލިސްތައް ފެށިއްޖެ

5 ޖޫން 2018 އިން ފެށިގެން އެމްޑީޕީގެ ދާއިރާ މަޖިލިސްތަކުގެ ބައްދަލުވުންތައް ވަނީ ފަށާފައެވެ. އެގޮތުން 5 ޖޫން ގައިވަނީ ހިތަދޫ އުތުރު ދާއިރާގެ ދާއިރާ މަޖިލިސް ބާއްވާފައެވެ. 6 ޖޫންގައިވަނީ މައްޗަންގޯޅި އުތުރު ދާއިރާއާ، ހެންވޭރުދެކުނު ދާއިރާއާ، ވިލުފުށި ދާއިރާއާ، ހުޅުހެންވޭރު ދާއިރާއާ، މާފަންނު ދެކުނު ދާއިރާއާ، ފެލިދޫ ދާއިރާގެ ދާއިރާ މަޖިލީސް ބާއްވާފައެވެ. އަދި 7 ޖޫންގައި ނައިފަރު ދާއިރާއާ، ކުރެންދޫ ދާއިރާއާ، ތިނަދޫ އުތުރާ ދެކުނު ދާއިރާއާ، ގަލޮޅު އުތުރު ދާއިރާއާ، މާފަންނު މެދު ދާއިރާއާ، ހުޅުދޫ ދާއިރާއާ، ހިތަދޫ މެދު ދާއިރާގެ ދާއިރާ މަޖިލިސް ބާއްވާފައިވެއެވެ. ކުރިއަށް އޮތް 2 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެކި ދާއިރާތަކުގެ ދާއިރާ މަޖިލިސް ކުރިއަށް ގެންދެވޭނެއެވެ.
ދާއިރާ މަޖިލީހުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވަނީ ކެމްޕެއިން މަސައްކަތްތައް ރާވާ ފެށުމާ، މެނިފެސްޓޯހިއްސާކޮށް ޚިޔާލު ހޯދުމާ، ޖޫން 29 އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއާ މެދު މަޝްވަރާކުރުމެވެ.