ޖޫން މަހަކީ އަނިޔަވެރިކަމާއި ދެކޮޅަށް ބޮޑު އިންޤިލާބެއް އަންނާނެ މަހެއް

މި ފެށުނު ޖޫންމަހުގައި މި އަނިޔާވެރިކަން މުޅިން ނިންމާ މުލުން ލުހެލަން ޖެހޭނެ ކަމަށާއި، އަޅުގަނޑު މެން މިއަދު ހިތަށް މި އަރަނީ ދުނިޔޭގެ ރެކޯޑްފޮތުން މި ރާއްޖެ ދެން ހޯދާނީ ކޮން ރެކޯޑެއްތޯ އުފެދޭ ސުވާލުކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚައް ރައީސް ޔާމީން ދެއްވާނެ އެންމެބޮޑު މެސެޖަކީ، މިރާއްޖޭގެ އެންމެ އަނިޔާވެރި ވެރިއަކީ އެމަނިކުފާން ކަމުގެ މެސެޖްކަމަށް އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ރޭ ޤައުމީ ހަރަކާތުގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވިޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ، އިދިކޮޅު ސިޔާސީ ހަރާކާތް ހުއްޓުވަން އެމްޑީޕީ ފުނޑު ފުނޑު ކޮށްލަން ސަރުކާރުން މަސައްކަތް ކުރާއިރު، އިސްލާހަށް މި ކުރާ ސިޔާސީ ހަރަކާތްތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށާއި އެމްޑީޕީ ދުވަހަކު ވެސް މިރާއްޖެއިން ފުހެވިގެން ނުދާނޭކަން ރައީސް ޔާމީނަށް އޮޅިވަޑައިގެންފައި ވާކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމް ނެތިކޮށްލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ، ހޯމް މިނިސްޓަރ އުމަރު ނަސީރާއި މެދު ދައުލަތުން ވަނީ ޓެރަރިރަމްގެ ދައުވާ އުފުލާފައި ކަމަށާއި، އެމަނިކުފާނު މިހާރު ވެސް އެހުންނެވީ ސަރުކާރުގައި “ނަގޫ” ފިތިފައި ކަމަށެވެ.

ހެންވެއިރު އުތުރު ދާއިރަގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު ރޭ ހަރުގޭގައި ވަހަކަ ދައްކަވަމުން ވިދާޅުވީ މިފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މަޖިލީސް ނުކުންނައިރު މިސަރުކާރުން ހުށައަޅުއްވަން
ތައްޔާރުކޮށްފައި އޮތް ބިލަކީ ޓެރަރިޒަމް އާއި ބެހޭ އައު ޤާނޫނުގެ ބިލް ކަމަށާއި އެ ބިލުގައި ވާގޮތުން ޓެރަރިޒަމްގެ ތުހުމަތެއް ކިރިޔާ ކުރެވިއްޖެ ނަމަވެސް، އެމީހެއްގެ މައްޗަށް ލިބިދޭ އިންސާނީ ހައްޤުތަކާއިބެހޭ ހުރިހާ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި ވާގޮތަށް ފަރުމާކޮށްފައިވާ ކަމަށެވެ.