މޫނު ނިވާކޮށްގެން މާލޭގެ މަގުތަކުގައި ވަޒީރު ބޭފުޅުން އިސްނަންގަވައިގެން ކުރި މުޒާހަރާ

safe_image

މި ފެބްރުއަރީ މަހުގެ 19ވީ ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށް ސަރުކާރަށް ތާޢީދުކޮށް ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް ވަނީ ހިނގާލުމެއް
ބާއްވާފައެވެ. މި މުޒާހަރަގައި ބައިވެރިވި ބައެއް މީހުން މޫނު ނިވާކޮށްގެން އެއްވުމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ގާނޫނުތައް ބުނަގޮތުން މޫމު ނިވާކޮށްގެން މުޒާހަރާކޮށް ހެދުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.
އަދި އެފަދައިން އެއްވެސް އެއްވުމެއްގައި ބައިވެރިވާ އެއްވެސް މީހަކު މޫނު ނިވާކުރުމަކީ ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން މަނާކަމެކެވެ. ނަމަވެސް، ހާމަކަން ބޮޑު ގޮތަކަށް އެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ބޭއްވި އެއްވުމާ ގުޅިގެން ފުލުހުންގެ ފަރާތުން އެ މުޒާހަރަ އަކީ ޤައިރު ޤާނޫނީ އެއްވުމެއްކަން ދެނެތިބެ ވެސް އެއްވެސް ފިޔަވަޅެއް ނަޅާ އެމް.ޑީ.ޕީ ޖޭޕީގެ ސުލްހަވެރި އެއްވުން ވަނީ 19 ފެބްރުއަރީ ދުވަހުގެ ރެގައި ވަރަށް އަނިޔާވެރިގޮތަކަށް ރޫޅާލާފައެވެ. ފުލުހުންގެ ފަރަތުން މިފަދަ ނާއިންސާފް އަމަލެއް ހިންގި އިރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި ނާއިންސާފަށް އިންސާފް ހޯދައި ދިވެހި ހުރިހާ ރައްޔިތުންގެ މެދުގައިވެސް ހަމަހަމަ އުސޫލަކުން ޤާނޫނާއި އެއްގޮތަށް އަމަލުތަށް ބެހެއްޓުމަށް އެދި ކޮމިޝަނާރ އެފް ޕޮލިހަށާއި ، ޕްރޮސެކިއުޓާރ ޖެނެރަލަށް ،. އަދި ޤާނޫންނެގެހެއްޓުމުގައި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އަޅައި ދިނުމަށް އެދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ، އިލެކްޝަންސް ކޮމިޝަނަށް ، ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ސިޓީއެއް އިއްޔެ ފޮނުވާފައެވެ.