ވ.ތިނަދޫ ރަށުކައުންސިލުން ފަށާފައިވާ މަސައްކަތްތަކަށް އެމްޑީޕީއިން މަރުޚަބާ ދެންނެވުން

noosbayan

ތާރީޚް: 17 އޮގަސްޓް 2014 (އާދިއްތަ)

ވ.ތިނަދޫ ރަށުކައުންސިލުން ފަށާފައިވާ މަސައްކަތްތަކަށް އެމްޑީޕީއިން މަރުޚަބާ ދެންނެވުން

ވ ތިނަދޫ ރަށުކައުންސިލުން ތިނަދޫގައި ފެން، ނަރުދަމާ، ކުނި ނައްތާލާނެ ނިޒާމަކާއި އަދި ރަށުގެ ލޭންޑް ސްކޭޕް ޑިޒައިންކޮން، އެ ޑިޒައިނާއި އެއްގޮތަށް މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، ތިޔަކުރައްވާ މަސައްކަތައް މި ޕާޓީން ނުހަނު އުފަލާއެކު މަރުހަބާ ކިޔަމެވެ.

ރައްޔިތުން ބާރުވެރިކުރުވުމަށް އެކަށައެޅުނު ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ ހެވާއި ލާބައާއި ތަރައްގީއައް އިސްކަންދިނުމުގެގޮތުން ގެނެސްދެވުނު ނިޒާމެކެވެ. ބަޔާންކުރެވުނު މަސްރޫއުތައް ހިންގުމައް ވ.ތިނަދޫރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުން ރަމުޒުކޮއްދެނީ އެރަށެއްގެ ރައްޔިތުން ބޭނުންވާކަންކަމަށް ލާމަރުކަޒީ ނިޒާމުގެ ތެރޭން ފަސޭހައިން ވާސިލުވެވޭނެކަމެވެ.

ލޯކަލް ކައުންސިލުގެ ޤާނޫނީ ބާރުވެރިކަމާއި އިހްތިޞާސް ތެރެއިން ރައްޔިތުންނަށްޓަކައި ކުރެވޭ މިފަދަ ކޮންމެ މަސައްކަތަކަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެވާހަކަ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް