އެމްޑީޕީ އައްޑޫސިޓީ ގެ އިދާރާއިން ނެރޭ ނޫސްބަޔާން

noosbayan

އެމް،ޑީ،ޕީ އައްޑޫސިޓީ ގެ އިދާރާ
ހިތަދޫ، ދިވެހިރާއްޖެ

ނޫސް ބަޔާން
25 ސެޕްޓެމްބަރ 2013

އައްޑޫސިޓީ ހިންގާ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ހިތަދޫމެދުދާއިރާގެ ނާއިބްރައީސް، އަދި މެދުދާއިރާގެ ކެމްޕެއިން މެނޭޖަރ އަލްފާޟިލް އިބްރާހީމް ޞަބްރީ މިއަދުގެ ވަގުތެއްގައި ހައްޔަރު ކުރި ހައްޔަރު ކުރުން އައްޑޫސިޓީ ހިންގާކޮމިޓީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

މިކަމަކީ އެމް،ޑީ،ޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހޮވުމަށްޓަކައި ކުރަމުންދާ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކުރެއްވި ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމުގައި ދެކެމެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓް ފަސްކުރުމަށް ސްޕްރީމްކޯޓުގައި ހިމެނޭ ފާޙިޝް ކަންތައްތައް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުން ހިމެނޭ ފަނޑިޔާރުންގެ ކޮމިޓީއަކުން ކުރި ޙުކުމާއި ދެކޮޅަށް އައްޑޫސިޓީގައި މަސައްކަތް ކުރަމުންދާތީ އާއި އެޙުކުމް އެމް،ޑި،ޕީގެ ފަރާތުން ބަލައިނުގަންނަ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބާއި ބެހޭ އެއްވެސް މަސައްކަތެއް މަޑުނުޖައްސާ ކަމަށް ވިދާޅުވަމުންދާތީ ކޮށްފައިވާ ކަމެއް ކަމަށް އައްޑޫސިޓީގެ ހިންގާކޮމިޓީން ދެކެމެވެ. އަދި މިއީ މީގެ 7އަހަރު ކުރިން އަލްފާޟިލް އިބްރާހީމް ޞަބްރީގެ ޢައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް ތަންފީޒު ކުރެއްވުމަށް ކަމަށްބުނެ އަލްފާޟިލް އިބްރާހީމް ޞަބްރީގެ ވޯޓުލުމުގެ ޙައްގު ގެއްލުވަން ކުރާމަސައްކަތެއް ކަމައްވެސް ގަބޫލުކޮށް އެމްޑީޕީގެ އައްޑޫދާއިރާތަކަށް ކުރަމުން ގެންދާ ވަރަށްބޮޑު ޖެއްސުމުގެ ޢަމަލެއް ކަމުގައި އައްޑޫސިޓީގެ ހިންގާ ކޮމިޓީން ވަރަށްބޮޑަށް ދެކެ އަދި އެ ލާއިންސާނީ ޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ތަކުރާރު ކޮށް ބުނަމެވެ.

އަދި މި ހިނދުން މި ހިނދަށް އިބްރާހީމް ސަބްރީ ދޫކޮށް ލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި ޕެނިޓެންޜަރީ އަށް ދަންނަވާ ވާހަކަ ވެސް ދަންނަވަމެވެ.

އަޙުމަދު އަދުހަމް
އައްޑޫސިޓީގެ ރައީސް