ލިޔުނީ: އަހުމަދު އަޒްހަރު
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެނިފެސްޓޯ ޕެރޭޑާއި މެނިފެސްޓޯ އިފްތިތާހުކުރުމުުގެ ޖަލްސާ މިރޭ (23 އޮގަސްޓް 2013) އޮންނާނެއެވެ. ސޯޝަލް ސެންޓަރު ކުރިމަތިން މިރޭ 8 ޖަހާއިރު ފެށޭ ޕެރޭޑު ނިންމުމަށް ހަމަޖެހިފައިވަނީ ރާޅުގަނޑު ސަރަހައްދުންނެވެ. އަދި އެއަށްފަހު ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދު މެނިފެސްޓޯ އިފްތިތާހު ކޮށްދެއްވާނެއެވެ.
މެނިފެސްޓޯ ތައްޔާރުކުރުމުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދު އަަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވާއިރު މި މެނިފެސްޓޯ ތައްޔާރު ކުރީ އެމްޑީޕީއިން ގެއިން ގެޔަށް ދޮރުން-ދޮރަށް ހިނގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހޯދުމަށް ފަހުއެވެ. ހަމައެހެންމެ ރައްޔިތުންގެ ބޭނުންތައް ހޯދައި އިހްސާސުތައް ދެނެގަތުމަށްފަހުއެވެ. މި މެނިފެސްޓޯ އަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ރައްޔިތުންނަށް ޓަކައި ތައްޔާރުކުރެވިފައިވާ ރައްޔިތުންގެ މެނިފެސްޓޯ އެކެވެ.