މެންބަރުންގެ ޚިޔާލު: އެމީހުންގެ ކުށަކީ އެމްޑީޕީ މެންބަރުން ކަމަށްވުން ހެއްޔެވެ؟

12 އޮގަސްޓް 2010

ލިޔުނީ: ފުނަމާ

majlis-450-x-338

މިހާރަކަށް އައިސް ރާއްޖޭގެ ޝަރުޢީ ދާއިރާއިން ކަންކުރާ ގޮތާމެދު އެކިމީހުން ބުނެއުޅޭނީ އެކިގޮތަށެވެ. ރަނގަޅުގޮތަކީ ކޮބައިކަން ނުރަނގަޅުގޮތަކީ ކޮބައިކަން އޮޅި އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުތަކާމެދު މިއަދު އުފެދިފައިވާ ކޯޅުންތަކަކީ ގައިމުވެސް މިކަމުގައި ކޮންމެވެސް ސަބަބު ތަކެއް ނެތި އުފެދިގެންއުޅޭ ކޯޅުން ތަކެއް ނޫންތާއެވެ.
ވަށްކަމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ އަދި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭފަދަ ތަކެތި ބޭނުންކޮށްގެން މާރާމާރީ ހިންގައިގެން ފުލުހުން އެތަކެއް ބުރަމަސައްކަތުން އަތުލައިގަނެ ތަޙުޤީޤަށްޓަކައި ހައްޔަރުކުރުމަށް ބޭނުންވެ ކޯޓުތަކަށް ޚާއްސަކޮށް ޖިނާއީ ކޯޓަށް ހުށައަޅާ މީހުން ވަގުތުން ދޫކޮށްލުމަށް ކޯޓު އަމުރު ނެރެވެމުންދާއިރު ތަންތަނަށް މީހުން އެއްވެ ބައެއްކަހަލަ ކަންތައް ކުރާއިރު ކުޅިބަލާން ތިބޭމީހުން ހައްޔަރުކޮށް ފުލުހުން ގެންދިއުމުން ކޯޓުތަކުން މިފަދަމީހުން ހިތުހުރިހައި ދުވަހަކު ބަންދުގައި ބޭތިއްބުމަށް ތައްގަނޑު އެގެންދަނީ ޖަހައިދެމުންނެވެ. ޢިއްޒަތްތެރި މެންބަރަކު ވިއްޔާ ގޭބަންދަށްވުރެ ބޮޑުބަންދެއް ކުރުމަކީވެސް ޙަރާމް ކަމެކޭ ހީވެއެވެ.
7 އޯގަސްޓް ދުވަހުގެރޭ މަޖްލިސްދޮށުން ފުލުހުން ހައްޔަރު ކުރިމީހުން ހައްޔަރު ކުރުމުގައި ބަލާފައިވަނީ އެމީހަކީ އެމްޑީޕީގެ މީހެއްތޯ އެކަންޏެވެ. އެހެނީ އެތަނުގައި އެއްވެތިބި މީހުންގެ ތެރެއިން ވަކިބަޔަކު ހައްޔަރުކޮށް ގެންގޮސް ތަޅުއަޅުވައި އެހެންމީހުން ދޫކޮށްލުމަކީ އިންސާފު ކަމުގައި ބެލެވިދާނެހެއްޔެވެ؟ އަދި މިފަދަ ކަންކަމުގައި ފުލުހުން ޢަމަލު ކުރާގޮތުން އެކަން ކުރަމުން ގެންދާ ގޮތާމެދުވެސް ޝައްކުއުފެދޭ ފަދަ ގޮތަކަށް ދާކަމީ ހިތާމަ ހުރިކަމެކެވެ.
އެއްހާލަތެއްގައި އެއްގޮތަކަށް ހިފެހެއްޓުނު ބަޔަކާމެދު ތަފާތުގޮތަކަށް ކަންކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ދެންނެވޭކަށް ނޯންނާނެއެވެ. އަދި ފުލުހުން އަމަލުކުރާ ގޮތަކީ ވަކިފަރާތަކަށް ޖެހިގެން ކުރާގޮތެއްކަމަށް ބެލެވުމަކީ ނުހަނު ހިތާމަހުރި އަދި އެހާމެ ބިރުވެރި ކަމެކެވެ. ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރާމެދު ޢާންމުންގެ ހިންހަމަނުޖެހުން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފުލުހުންގެ ޢަމަލުތައް މިޔަށްވުރެ ދެފުށް ފެންނަގޮތަކަށް އިންސާފުން ގެންދިއުމަށް ބާރުއަޅާން އެބަޖެހެއެވެ.
7 އޯގަސްޓު ދުވަހުގެ ރޭ މަޖްލިސް ދޮށުން ގެންދެވުނު އެމްޑީޕީގެ ހެންވޭރު ދެއެކްޓިވިސްޓުން މިހާތަނަށްވެސް ދޫކޮށްނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވަނި ކީއްވެބާވައެވެ. އެތަނުގައި އެއްވެތިބި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެހެން އެންމެން ދޫކޮށްލިއިރު އެމީހުން ދޫކޮށްނުލައި ހިފަހައްޓައިގެން އެއުޅެނީ އެމީހުންނަކީ ހަމައެކަނި އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުންނަށް ވާތީހެއްޔެވެ؟ އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްގެން ގެންގުޅުމުގެ މުއްދަތު އިތުރު ކޮށްދީފައި އެވަނީ ކޮންހަމަޔަކުން ކޯޓުން ބަލައިގެންހެއްޔެވެ؟
މިފަދަ ކަންކަމުގައި ފުލުހުންވެސް މިގޮތަށް ޢަމަލުކުރާނަމަ އެމުއައްސަސާއާއި މެދު ރައްޔަތުން ކުރަމުން ގެންދާ އިތުބާރު ގެއްލިދިއުމަކީ ނުހަނު ގާތް ކަމެކެކެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ނަމުގައި ހުރި ކޯޓުތަކާއި ބައެއް ފަނޑިޔާރުންނާއި މެދު ރައްޔިތުންގެ ގިނަބަޔެއްގެ މެދުގައި ހިންހަމަ ނުޖެހުންތަކާއި ޝައްކުތައް އުފެދިފައިވާ މިފަދަ ދުވަސްވަރެއްގައި ފުލުހުން ދައްކާދޭންވާނީ މިއަށްވުރެ ސާބިތުކަމެކެވެ. އެހެންނޫންނަމަ ރާއްޖޭގައި ދުވަހަކުވެސް އަދުލު އިންސާފު ޤާއިމްކުރުމަކީ ނުވާނެ ކަމެއް ކަމުގައި މީހުންދެކޭން މަޖްބޫރުވާނެއެވެ.
ކުށެއް ކޮށްފިނަމަ ހަމަކޮންމެ މީހަކާ މެދުވެސް ޢަމަލުކުރާން އޮންނަގޮތަކަށް ޢަމަލުކުރުމަކީ އެކަންކަން ހުއްޓުވުމަށް ކޮންމެހެން ބޭނުންވާނެ ކަމެކެވެ. މިކަމުގައި އެއްއުސޫލެއް އެއްގޮތެއް ހަމަޖެހިފައި އޮތުމާ އަދި ކަންކުރަނީ އެގޮތައްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބިދޭން އެބަޖެހެއެވެ. ވަކި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ހުރަސްއެޅީ ކޯޓުންނޭ ބުނާއިރު އެއަށްވުރެ ނިކަމެތީން އެދަލުގައި ޖައްސަން ކޯޓުތަކަށް ނނުއުފުލަން ފުލުހުން ވިސްނަން ވެއްޖެއެއް ނޫންހެއްޔެވެ؟ މިއަދު ގޮތްބަލާލަން ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓަކު އަބުޅޯ ގާޒީގެ ކުރިމައްޗަށް ގެންދެވިއްޖިއްޔާ އެމީހަކާމެދު އޭނާގެ ހިތުގައި އޮތިއްޔާ އޮތް ހަސަދައެއް ފިލުވާލާނެއެވެ. ވީއިރު އެފަދަ މީހުން އިސްކޮށްފައި ތިބެގެން މިޤައުމުގައި އަދުލު އިންސާފު ޤާއިމްކުރެވިދާނެ ކަމުގެ ހުވަފެންވެސް ދުށުމަކީ ވާނޭ ކަމެއް ނޫނެވެ.