2 އޮގަސްޓް 2010
ފުލުހުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އޮފީސް މިއަދު ހެނދުނު ބަންދުކޮށް، އެ އޮފީހުގެ މަސައްކަތް ހުއްޓުވީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފު ކަންތައްތަކެއް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ” ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ކަންތައްތަކެއް ކުރަމުންދާތީ އާއި އަދި މިއަދު އެފަދަ އިތުރު ކަންތައްތަކެއް އެކޮމިޝަން އިން ނިންމެވުމަށް ކަނޑައަޅުއްވާފައިވާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި އަދި ހަމަ އެމާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި ދައުލަތުގެ މުއައްސަސާތަކަށް އެސިޔާސަތުތައް އަންގާ އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކަށް ވީހިނދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކާ ޚިލާފަށް އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާތީ އެ ޢަމަލުތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއި ގުޅިގެން ފުލުހުން މިއަދު ހެނދުނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތް ހުއްޓުވާފައި ” ކަމަށެވެ.