ޔާމީން މަޖިލިހަށް ހާޒިރުކޮށްފައި ނުވާތީ މިއަދުގެ ޖަލްސާ ރިޔާސަތުން ހުއްޓާލައިފި

20 ޖުލައި 2010

އެމްއެންޑީއެފްގެ ހިމާޔަތުގެ ދަށުން އެކަހެރިކުރެވިފައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައި ނުވާތީ ރިޔާސަތުން މިއަދުގެ ޖަލްސާ ހުއްޓާލައިފިއެވެ.
މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކުން ނިޒާމީ މައްސަލަ ނަގައިގެން ޖަލްސާ ކުރިޔަށް ގެންދިއުމަށް ދިޔައީ ހުރަސް އަޅަމުންނެވެ. އަދި މިއަދުގެ ޖަލްސާގައި ޤައުމީ ސަލާމަތީ ބާރުން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއް ރިޔާސަތުން ވަނީ އިއްވާފައެވެ.
މި ސިޓީގައިވާ ގޮތުން ޔާމީން އެކަހެރިކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަދި ޔާމީންގެ ސަލާމަތަށް ޓަކައި ކަމަށެވެ.