ރާއްޖޭގެ އެކި ދާއިރާތަކަށް ކަޑައަޅައިފައިވާ ކެމްޕެއިން ކޯޑިނޭޓަރުންނަށް އެމްޑީޕީގެ ޗައަރޕާސަން ޝުކުރުއަދާ ކުރައްވައިފި

ehburun-ha.-hoarafushi-2-110613-18-150x150

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “އެއްބުރުން” ކެމްޕެއިންގެ މަސައްކަތަށް އެމްޑީޕީއިން ރާއްޖޭގެ އެކި ދާއިރާތަކަށް ކަޑައަޅައިފައިވާ ކެމްޕެއިން ކޯޑިނޭޓަރުންނަށް އެމްޑީޕީގެ ޗައަރޕާސަން ޝުކުރުއަދާ ކުރައްވައިފިއެވެ.

މިހާރު ފަށައިފައިވާ “އެއްބުރުން” ކެންޕެއިން ޕްރޮގްރާމް ތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސަތުތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީން ދަތުރު ފަށައިފައިވާ މެނިފެސްޓޯ އޮޑި އިފްތިތާޙް ކުރުމަށް ހއ. ހޯރަފުށީގައި ރޭ(11 ޖޫން 2013-އަންގާރަ) ބޭއްވި ޖަލްސާގައި މި ޕާޓިގެ ޗެއަރޕާސަން މޫސާ މަނިކު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިފަހަރު މިއީ ރިޔާސީ އިންތިޙާބު އިރާދަކުރެއްވިއްޔާ އެއްބުރުން ކާމިޔާބުކުރާ ފަހަރުކަމާއި، މިފަހަރު އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށްވުރެ ބާރުކުރަން އެބަޖެހޭކަމަށައި، ޕާޓިގެ ހުރިހާ ބޭފުޅުންގެ ނަމުގައި ހއ އަދި ހދ އަތޮޅުގަ ހަރަކަތްތެރިވެވަޑައިގަންނަވާ ކޯޑިނޭޓަރު ޝިފާ މުޙައްމަދު ކުރައްވާ މަސައްކަތްޕުޅަށް ޕާޓީގެ އެންމެންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ކެމްޕެއިންގެ ހަރަކާތްތެިވަވަޑައިގަންނަވާ ކޯޑިނޭޓަރުންނަކީ ލާމަސީލު މިސާލެއްކަމަށް ފާހަގަ ކުރައްވާ އެބޭފުޅުންނަށްވެސް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މީގެ އިތުރުން ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކައުންސިލަރަށް މަރްޙަބާ ދަންނަވާ އަދި ހޯރަފުށިން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް މަރުޙަބާ ދެންނެވިއެވެ.

ރޭގެ ޖަލްސާގައި ޗެއަރޕާސަން ގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ ޑިމޮކްރަސީއައްޓަކައި މިރާއްޖެ ބަދަލުކުރުމުގެ މަސައްކަތްފެށީ އެމްޑީޕީކަމާއި، މި ރާއްޖޭގައި އޮތީ ދެ ފިކުރުކަމާއި، އެއީ، ހުދުމުޙުތާރު އަނިޔާވެރި އެއް ފިކުރާއި، ޑިމޮކްރަސީއާއި މިނިވަންކަމާއި ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިކުރުކަމަށެވެ. އަދި މި ދެފިކުރުގެ ތަފާތު ކިތަންމެ ބޮޑު ކޯލިޝަންއެއް ހަދައިގެން އަޔަކަސް އިމްރާންމެނަކަށް ނޭގޭނެ، ނުވެސް ދަންނާނެ އެއްގޮތަކަށްވެސް ނޭގޭނެކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.

ޗެއާރޕާސަންގެ ވާހަކަފުޅު އިތުރަށް ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި ތިބި ފުލުހުންނާއި ސިފައިންނަށްވެސް އަދި މި ރާއްޖޭގައި ތިބި އެހެންމީހުންނަށްވެސް ކަންހިގައިދިޔަގޮތް ވަރަށް ރަގަޅަށް އިގޭކަމަށް ވިދާޅުވެ، ދިވެހިރައްޔިތުން އަޅުގަނޑުމެންނާ ހަވާލު ކުރި ޤާނޫނީ ވެރިކަން ފުޑުފުޑުވެ އެވެރިކަންމައްޗަށް އަރައިގަތީ ދައުލަތަށް ލިބެމުންދިޔަ އާމްދަނީއާއި، ދައުލަތަށް ލިބެމުންދިޔަ ހުރިހާ އެއްޗެއް ވަކިބަޔަކަށް ބައިއަޅާފަ ނުލިބުނީމާކަމަށާއި، އަދި މިއަދު މާރީތިކޮށް ދައްކާ ވާހަކައެއް އެއީ، ވެރިކަމުގަ ބާރެއްނެތޭ، މުއައްސަސާތައް މާގިނައޭ، މުސާރަތައް މާބޮޑޭ، ރައްޔިތުންގެ މަޖުލީހަށް މަސައްކަތެއް ނުކުރެއޭ، އޯޑިޓަރ ޖެނެރަލް ގޯހޭ، އެންޓި ކޮރަޕްޝަން ކޮމިޝަނަކަށް މިތަނަކު ނޯވެވޭނެއޭ، މިހެންގޮސް ހުރިހާ މުއައްސަސާއެއް އުވާލުމުގެ ފިކުރުގައި ވަޙީދުވެސް ބުނީ، މިއީ، ހާދަ ފައްކާ ވެރިކަމެކޭ، ވެރިމީހާއަކަށް ބާރެއް ނޯވެއޭއެވެ. އަދި މި ރާއްޖޭގެ ސިޔާސީ މާޙައުލުގައި އަޅުގަނޑުމެނަށް ނޭގޭ އެކައްޗެއްނާންނަކަމާއި، އެއްކުޅިއެއްވެސް ނުކުޅެވޭނެކަމާ، މި ރާއްޖޭގެ ވެރިކަން ބަޣާވާތް ކޮށްގެން އިތުރަށް އިންތިޙާބެއް ނުބާއްވާ ވަޙިދާއެކީ ހިފަހައްޓާނުލެވޭނަކަމަށް ޗެއާރޕާސަން ވިދާޅުވިއެވެ.