އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް، އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ

“ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން”ސިއްހަތާގުޅޭ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އައްޑޫ ސިޓިގެ ހިތަދޫގަ އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ހިތަދޫގައި މިއަދު ރައީސް ނަޝީދު ފައްޓަވައިދެއްވާ މި ޙަފްލާއާ އެކުއެކީ ރާއްޖޭގެ އެހެން 20 ސަރަޙައްދެއްގައި މި ސިޔާސަތު އިފްތިތާޙް ކުރެވިގެންދާނެއެވެ

“ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ