(އިތުރު އަދި އެންމެ ފަހުގެ އަޕްޑޭޓްސް އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން: @MDPSecretariat)
17:35 ރައީސް ނަޝީދުގެ ހިމާޔަތުގައި ސަޕޯޓަރުން އެމްޑީޕީ ސެކްރެޓޭރިއަޓް ކައިރީގައި އެއްވެފައި. މިހާރު ވާހަކަ ދައްކަވަމުން ދަނި ޕީޖީގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދު
17:30 އެމްޑީޕީން ސީދާ ހަރަކާތަށް ނުކުމެއްޖެ
15:29 ހުރިހާ ބޭފުޅުން 16:00 އެމްޑީޕީ އޮފީސް ދޮށަށް
15:27 އުއްތަމަ ފަނޑިޔާރު އެބަ ޖެހޭ މިކަމާއި ވަރަށް ފުންކޮށް ވިސްނާ، އިންސާފްވެރި ގޮތެއް ނިންމަން – ދިޔާނާ ސަޢީދު
15:25 އަޅުގަނޑަށް އެނގޭ ރައީސް ނަޝީދުގެ ޝަރީއަތުގެ ތެރެއަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަން އަތް ވަދެފައިވާ ކަން – ދިޔާނާ ސަޢީދު
15:24 މި ޝަރީޢަތް ހިނގަނީ، މިނިވަން ޝަރީޢަތުން ރައީސް ނަޝީދު އެއްކިބާ ކުރައްވާ، އަދި ހުރިހާ ފަރާތެއްގެ ނުފޫޒު ވެސް މި ޝަރީޢަތައް ފޯރުވައިގެން – ދިޔާނާ ސަޢީދު
15:22 ރައީސް ނަޝީދު ހައްޔަރުކުރުން ފަސްކޮށް ހައިކޯޓުން ވަގުތުން އަމުރެއް ނެރެދެން ޖެހޭނެ – ދިޔާނާ ސަޢީދު
15:21 އިންޑިއަން ހައިކޮމިޝަނުން ރައީސް ނަޝީދަށް ހިމާޔަތްދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށް ޤަބޫލްކުރައްވާ ކަމަށް އަލްއުސްތާޒް ފާތިމަތު ދިޔާނާ ސައީދު.
15:10 ގދ. ތިނަދޫގައި ތިއްބެވި އެމްޑީޕީ މެމްބަރުން މާލެ އައުމަށް ފުރައިފި.
15:05 ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަންގެ ހިމާޔަތް ހޯއްދަވައިފި!
14:53 އިންޑިއަން ހައިކޮމިޝަން ވަށައިގެން ރާއްޖޭގެ ފުލުހުން ތިބުމުން، އިންޑިޔާގެ ޤާނޫން ހަދާ މަޖިލީހުގެ މެމްބަރުންނާއި، ޚަބަރު ފަތުރާ ވަސީލަތްތަކުގެ ލޯ ވަނީ ވަރަށް ބޮޑަށް މިކަމަށް ހުއްޓިފައި.
14:36 ރައީސް ނަޝީދުގެ މައްސަލަ ހައި ކޯޓުގައި 15:00ށް ތާވަލްކުރެވިފައި އޮތް ނަމަވެސް، ރައީސް ނަޝީދު ހައި ކޯޓަށް ވަޑައިގަންނަވަން ނުކުމެ ވަޑައިގަންނަވާ ވަގުތު ފުލުހުން ރައީސް ނަޝީދު ހައްޔަރުކޮށްފާނޭކަމުގެ ބިރު އެބައޮތް.
14:33 ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުން މިއަދު ހަވީރު 17:00 ގައި ޕާޓީ އޮފީހުގައި!
14:22 އިސްތިއުނާފު ކުރި މައްސަލައިގެ އަޑު އެހުން މިއަދު 15:00ށް ހައި ކޯޓުގައި އެޖެންޑާކޮށްފި.
14:20 ރައީސް ނަޝީދަށް ރައްކާތެރިކަން އޮތް ކަމަށް ޤަބޫލެއް ނުކުރެވޭ – އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ
14:17 ރައީސް ނަޝީދު ދާދި ދެންމެ އަކު އިންޑިއަން ހައިކޮމިޝަނަރއާ ބައްދަލުކުރައްވައިފި – އިމްތިޔާޒް ފަހުމީ
14:16 މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަރައިނުގަނެވޭނޭ ފަދަ ބޮޑު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ!
14:15 ރައީސް ނަޝީދާއި މެދު ޢަމަލުކުރެވެމުން ދަނީ ޒާތީގޮތެއްގައި – ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ
14:13 ފުލުހުން މިހާރު ހިންގަމުންދާ ހަރަކާތްތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ގޮވާލައްވައިފި!
13:17 މިހާރު މަޑުކޮށްގެން މި ތިބީ ހައިކޯޓުގެ އަމުރަކަށް. – ރައީސް ނަޝީދުގެ ވަކީލުންގެ ޓީމް.
13:14 ހައި ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި އިސްތިޢުނާފީ މައްސަލަ ބަލައިގެންފި
13:05 ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކުން މީހުން މާލެ އައުމަށް ޕީޖީގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދު ގޮވާލައްވައިފި.
13:04 ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ތެރޭގައި ހުންނަވަނިކޮށް ހައްޔަރެއް ނުކުރެވޭނެ – ޖާބިރް
12:50 ހައިކޮމިޝަން ކުރިމަތީގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން ދަރުމަވަންތަ ސްކޫލާއި ހިސާބަށް ފަހަތަސް ޖައްސައިފި!
12:44 އަދިވެސް ރައީސް ނަޝީދު ހުންނެވީ އިންޑިއަން ހައިކޮމިޝަން ތެރޭގައި!
12:42 ދުވަސްވީ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި!
12:42 ދުރުން މަންޒަރު ފެންނަގޮތުން ފުލުހުން ވަނީ ދެ ފަރާތުން ސަޕޯޓަރުން ބައްދާލާފައި!
12:40 އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުއަށް ހިމާޔަތް ނުލިބޭގޮތަކަށް އެސަރަހައްދު ދޫކޮށް ނުދާނޭކަމަށް ސަޕޯޓަރުން ބުނެފި
12:36 އިންޑިއަން ހައިކޮމިޝަންގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން ދުރުކުރަން ރަޔަޓް ގިޔަރގައި ތިބި ފުލުހުން މަސައްކަތް ފަށައިފި!
12:18 އިންޑިއަން ހައިކޮމިޝަންގެ ދޮރު މިހާރު ވަނީ ބަންދު ކޮށްފި!
12:16 އެސަރަހައްދަށް އެއްވެ ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން އެސަރަހައްދު ދޫކޮށްދިއުމަށް ފުލުހުން ދަނީ އަންގަމުން!
12:15 މާލޭގެ ގިނަ މަގުތަކެއް މިހާރު ވަނީ ބަންދުކޮށްފައި!
12:01 ރައީސް ނަޝީދުގެ އަރިހުގައި ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެން އެބަ އުޅުއްވާ!
![Shumba Gong @ShumbaGong](http://mdp.org.mv/wp-content/uploads/2013/02/BC9z33UCYAAeGwl-1.jpg)
11:54 ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެންފި.
![Jade's Photography](http://mdp.org.mv/wp-content/uploads/2013/02/820881_344187222360468_2141743822_o.jpg)
11:49 ރައީސް ނަޝީދު ކެނެރީގެއަށް ވަޑައިގެންވި.
11:04 ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ހުޅުމާލޭ ކޯޓުން ރައީސް ނަޝީދުގެ މައްސަލާގައި އަމަލުކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށާއި، ކުރިން ދުވަހު އޮތް އަޑު އެހުމަށް ރައީސް ނަޝީދަށް ވަޑައިނުގެންނެވުނު ސަބަބު ކޯޓަށް އަންގާފައި ވާނޭކަމަށް.
11:03 ރައީސް ނަޝީދުގެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިޢުނާފްކޮށްފައި.
![Mujoo @mujookeynee](http://mdp.org.mv/wp-content/uploads/2013/02/BC9d0vLCUAAqFlW-1.jpg)
10:51 ރައީސް ނަޝީދު ކޮންމެ ވަގުތަކުވެސް ހައްޔަރުކޮށްފާނެތީވެ ހުރިހާ ބޭފުޅުން ވެސް ކެނެރީގޭ ދޮށަށް ވަޑައިގެންދެއްވުން އެދެން.