އިއުލާނު: އެމްޑީޕީގެ އެތެރޭގެ އިންތިހާބު

iulaan

MDP/2012/I-055

އެމްޑީޕީގެ އެތެރޭގެ އިންތިހާބު

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 12 ޖެނުއަރީ 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 06 ޖެނުއަރީ ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1. ވިލިމާފައްނު ދާއިރާގެ ރައީސް.
2. ވިލިމާފަންނު ދާއިރާގެ ނާއިބު ރައީސް.
3. ވިލިމާފައްނު ދާއިރާގެ ސެކްރެޓަރީ.

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 31 ޑިސެމްބަރ 2012