އިއުލާނު: އެމްޑީޕީ އިލެކްޝަން 2012

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 28 ސެޕްޓެމްބަރ 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 03 ސެޕްޓެމްބަރ 2012 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1. ށ. ކަނޑިތީމު ދާއިރާ ގެ ސްރެޓަރީ
2. ރ.ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
3. ގއ.ގެމަނަފުށި ދާއިރާގެ ސެކްރެޓަރީ
4. ޏ.ފުވައްމުލަކު ދެކުނު ދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއި ބެހޭ ސެކްރެޓަރީ
5. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ރައީސް
6. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއި ބެހޭ ސެކްރެޓަރީ
7. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 16 އޮގަސްޓް 2012