މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި، އެމްޑީޕީގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެއް، ގުރުއަތުގައި ބައިވެރި ނުކޮށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްބުނެ، ހައުސިންގ މިނިސްޓްރީން ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރައި، ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާތީ ދަންނަވަމެވެ.
ދައުލަތުން މިހައިތަނަށް ހިންގައިފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ޕްރޮގްރާމުތަކެކޭވެސް އެއްފަދައިން، ގެދޮރުވެރިޔާ ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަފިރިންނަށްވެސް ފުލެޓް ލިބޭވަރަށް މާކްސް ލިބިފައިވާނަމަ، ލިބޭނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ 1 ފަރާތަކަށް 1 ފްލެޓްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން 15 ނޮވެމްބަރ 2023 ގައި ކޮށްފައިވާ ނަމްބަރ: 471-HDS/471/2023/35 (IUL) އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ދެންނެވުނުއިއުލާނުގައިބަޔާންކޮށްފައިވާގޮތުގެމަތިން،ގެދޮރުވެރިޔާސްކީމުގެމަސައްކަތްއެމްޑީޕީގެސަރުކާރުންކުރިއަށްގެންދިއުމުގައިއަމަލުކޮށްފައިވާގޮތްސާފުކޮށްދިނުމަށްޓަކައިދަންނަވަމެވެ.
3 ކޮޓަރީގެ ފްލެޓަށާއި 2 ކޮޓަރީގެ ފްލެޓަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައި ޝަރުތު ހަމަވެ، ފުލެޓް ލިބޭވަރަށް މާކްސް ލިބިފައިވާ ފަރާތްތަކަށް، މަތީގައި ދެންނެވިފައިވާ އިއުލާނުގައިވާ ފަދައިން 1 ފުލެޓް ދިނުމަށް ޓަކައި އެފަރާތްތަކުން އިހްތިޔާރުކުރާ ފްލެޓްގެ ޓައިޕް އަދި، ފުލެޓް ލިބިގަތުމަށް އިހުތިޔާރުކުރާ ފަރާތެއް ކަނޑައެޅުމަށް ޓަކައި އެފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓާއި 3 ކޮޓަރީގެ ފުލެޓް ވާނީ ރިޒާވް ކުރެވިފައެވެ.
ދެމަފިރިންވެސް، 3 ކޮޓަރީގެ ފްލެޓަށް ވަކިން ފޯމު ހަށަހަޅައިގެން ޝަރުތު ހަމަވެ ފްލެޓް ލިބުމަށް ހޮވިފައިވާނަމަ، އެ ދެމަފިރިންނަށް 1 ފުލެޓް، ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 ފުލެޓް ދިނުމަށް ޓަކައި، ގުރުއަތު ނެގިރު އެ ދެމަފިރިންގެ ތެރެއިން ފޯމު ތަރުތީބުން 1 ފަރާތް ހިމަނައި، އެ 2 ފަރާތަށް ލިބޭނެ ފުލެޓް ކަނޑައަޅާފައިވާނެއެވެ. އަދި އެ ފްލެޓަކީ އެ ދެފަރާތަށް ނުވަތަ އެ 2 ފަރާތުންކުރެ ކަނޑައަޅާ ފަރާތަކާއެކު އެއްބަސްވުން ހެދުމަށް ޓަކައި ކަނޑައަޅައިފައިވާ ފްލެޓެކެވެ.
ނަމަވެސް، މި ދެންނެވި ދެމަފިރިންގެ ތެރެއިން ޕޯޓަލްގައި ފްލެޓް އެސައިންވެފައި ނުވާ ފަރާތަކީ ކުރީ ސަރުކާރުން ގުރުގައި ބައިވެރިނުކޮށް، ފްލެޓް ލިބުމުން މަހުރޫމު ކޮށްފައިވާ ފަރާތެއްކަމަށް ބަލައި، އެ ފަރާތަށް ފަލެޓެއް ލިބޭނެ ކަމަށާއި ފަހުން ގުރުއަތު ނެގުން އޮންނާނެ ކަމަށް ބުނެ މި ސަރުކާރުން ވަނީ މެސެޖެއް ފޮނުވާ ފައެވެ. އެހެންކަމުން، މި ސަރުކާރުން ނޭނގި ނަމަވެސް ގެދޮރުވެރިޔާ ސްކީމުން ދެމަފިރިންނަށް 2 ފުލެޓް ދިނުމަށްޓަކައި އެވަނީ އެކަން އެފަރާތަށް އަންގާފައެވެ.
301ފަރާތެއްފްލެޓްލިބުމުންމަހްރޫމުކޮށްފައިވާކަމަށްބުނެ،ހައުސިންގމިނިސްޓްރީންއާންމުކޮށްފައިވާމައުލޫމާތާގުޅޭގޮތުންދަންނަވަމެވެ.
ދިވެހިރާއްޖޭގައި ސަރުކާރުން އަސާސީ ބޯހިޔާވަހިކަމުގެ ސްކީމުތައް ހިންގަންފެށީންސުރެ، މިހައިތަނަށް ހިންގައިފައިވާ ހުރިހާ ސްކީމު ތަކަކުންވެސް، ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ކުރިން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އެ ސްކީމުން ފުލެޓް ދޫކޮށްފައެއް ނުވެއެވެ.
އެގޮތުން، އެންމެ ފަހުން ހިންގައިފައިވާ ހިޔާ ސްކީމާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ހައުސިންގ މިނިސްޓަރ އިސްވެ ހުންނަވައިގެން ހިންގަވާފައިވާ "ވެށިފަހި ފުލެޓް ސްކީމް" އާއި، ހުޅުމާލެ 1000 ފުލެޓް ސްކީމު އަދި "ގެދޮރުވެރިކުރުން ޕްރޮގްރާމް" (704 ފުލެޓް) ގައިވެސް އަމަލުކޮށްފައިވަނީ މިދެންނެވި ގޮތަށެވެ.
އެގޮތުން، ގެދޮރުވެރިޔާ ސްކީމުގައިވެސް އަމަލުކޮށްފައިވަނީ ދެންނެވުނު ސްކީމުތަކުގައިވެސް އަމަލުކޮށްފައިވާ ފަދައިންނެވެ. އަދި މި ސަރުކާރު އައުމަށްފަހު، ގެދޮރުވެރިޔާ ސްކީމުގެ ކަންކަމާ ޙަވާލުވި މިނިސްޓަރުންނަކީ ދެންނެވުނު ސްކީމުތައް ހިންގުމުގައި އިސްކޮށް އުޅުއްވި ފަރާތްތައް ކަމުން، މި ދެންނެވި ހާލަތްތައް މެދުވެރިވުމުން އަމަލުކުރަމުންދާ ގޮތް އެ ފަރާތްތަކަށް ވަރަށް ބޮޑަށް ސާފުވާނެއެވެ.
ނަމަވެސް މި ސަރުކާރުން މި ސްކީމާމެދު އެކިފަހަރު އެކި ގޮތަށް އަމަލުކުރަމުން އައިސް، ފުލެޓް އެއްބަސްވުމުގައި ސޮއިކުރަން ފެށުނު ފަހުން ކުއްލިއަކަށް ގުރުއަތު ނުނަގާ ބަޔަކު ފާހަގަ ވެއްޖެ ކަމަށްބުނެ، އެ ފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ޓަކައި ގުރުއަތުނެގުން ބާއްވާނެ ކަން ވަނީ އަންގާފައެވެ. ނުވަތަ ކުރިން ސޯޝަލް ހައުސިންގ ލިބިފައިވާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބޭނެ ކަން ނޭނގި ނަމަވެސް މި ވަނީ އަންގާފައެވެ.
ހައުސިންގ މިނިސްޓްރީން މި ނިންމުން ނިންމައި، ކުރިން ސޯޝަލް ހައުސިންގ ލިބިފައިވާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބޭނެ ކަން އެންގި ނަމަވެސް، ގެދޮރުވެރިޔާ ސްކީމަށް ވަކިން ފޯމު ހުށަހަޅައިފައިވާ ފަރާތްތަކަށް ދެމަފިރިންނަށް ލިބޭނީ 1 ފުލެޓް ކަމަށް އަންގައި، ފުލެޓް އެއްބަސްވުން ހެދުމަށް ޓަކައި ދެމަފިރިން އިޤްރާރު ހުށަހެޅުމަށް ޕޯޓަލް މެދުވެރިކޮށް ވަނީ އަންގާފައެވެ. އެހެންކަމުން ހައުސިންގ މިނިސްޓްރީގެ މި ނިންމެވުމަކީ އެއްވެސް ހަމައެއް ނެތި ނިންމައިފައިވާ ނިންމެވުމެއް ކަމުގައި، ނުވަތަ ނޭނގުމުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުމެއް ކަމުގައި ދެކެމެވެ.
އެހެންކަމުން، މި ދެންނެވި ފަރާތްތައް ގުރުއަތުގައި ބައިވެރިކޮށްފައިނުވާ ސަބަބަށް ރިއާޔަތްނުކޮށް، ނިންމުނު ނިންމުންތަކުގެ ސަބަބުން، ފުލެޓް ލިބުނު ފަރާތްތައް ދޮޅުއަހަރު ގަނަތަޅުވައި، ފުލެޓް އެއްބަސްވުން ސޮއިކުރުމަށް އެފްޑީސީ އަށް ފޮނުވުމަށްފަހު، ފުލެޓް އެއްބަސްވުމުގައި ސޮއިކުރުން ހުއްޓިދާނެ ފަދަގޮތަކަށް އަލުން މައްސަލައެއް ވުޖޫދުކުރުމަށްފަހު، ސަރުކާރުން އެކަން އަނެއްކާވެސް އެހެންފަރާތެއްގެ ޒިންމާއަށް ދޫކޮށްލައި، އެކަމުން ހައުސިންގ މިނިސްޓްރީ ބަރީއަ ވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ދެންނެވުނު ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި، އެ ލިސްޓުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށް، ފްލެޓް ކަނޑައެޅުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާއެކު ސޮއިކޮށްފައިވަނިކޮށް، ޤާނޫނާ ހިލާފަށް އެ އެއްބަސްވުންތައް އުވާލައި، އެ ފުލެޓްތައް އެހެން ބަޔަކަށް ދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިޔާ މުވައްޒަފުންނަށް އެ ބައިވެރިވެވެނީ ޤާނޫނާ ހިލާފު ޢަމަލެއްގައިކަން ހަދާންކޮށްދެމެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭނެކަމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، ފްލެޓްތައް އަވަހަށް އެ ފަރާތްތަކާ ހަވާލުކުރުމަށް ސަރުކާރަށް ގޮވައިލަމެވެ.
ފަހުގެ ނޫސް ބަޔާންތައް
26th June 2025
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން
25th June 2025