އުސްފަސްގަނޑު ހުސްކުރުމަށް އެންގުމުގެ ގާނޫނީ ހައިސިއްޔަތު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ނިންމައިފި
މެއި 29 ވަނަ ދުވަހު އުސްފަސްގަނޑު ރޫޅާލުމުގައި ސިފައިން ފުލުހުންނަށް އެހީ ވަނީ - އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަމުން ގެންދާ އުސްފަސްގަނޑު ހުސްކުރުމަށް އެންގުމުގެ ގާނޫނީ ހައިސިއްޔަތު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ހުކުމުގައިވާ ގޮތުން މާލެ ސިޓީ ކައުންސިލުން އެމްޑީޕީއާ އުސްފަސްގަނޑު ހަވާލުކޮށްފައި ވަނިކޮށް އަދި، ހައުސިންގ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާ ދެމެދު އުސްފަސްގަނޑާ މެދު ޚިލާފު އުފެދިފައިވަނިކޮށް، ކޯޓުން ވަކި ގޮތެއް ނުނިމެނީސް ފުލުހުންނަށް އުސްފަސްގަނޑު ހުސްކުރުމަށް ނޭންގޭނޭ ކަމަށެވެ.

މީގެ އިތުރުން މެއި 29 ވަނަ ދުވަހުގެރޭ 10 ޖެހުމުގެ ކުރިން އުސްފަސްގަނޑު ހުސްކުރުމަށް އަމުރުކޮށް ފުލުހުން އެމްޑީޕީގެ އޮފީހަށް ފޮނުވާފައިވާ ސިޓީއަކީ ބާތިލް ސިޓީއެއް ކަމަށް ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުގެ ހުކުމްގެ ޕީޑީއެފް ފައިލް ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ