އެމްޑީޕީގެ ޚާއްސަ ޖަލްސާ އާޓިފިޝަލް ބީޗް ގައި

އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 10 ޖަހާއިރު ފެށޭ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.