އެމްޑީޕީ އަންހެނުންގެ ރޫޙްގެ ޖަމްބަލްސޭލް ހޮނިހިރު ދުވަހު

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސް ނަގައިގެން އެ ޕާޓީއަށް އާމްދަނީ ހޯދުމަށް ބާއްވާ ޖަމްބަލް ސޭލް މިއަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.

އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ޖަމްބަލް ސޭލް ބާއްވަން ހަމަޖެހިފައިވަނީ 30 ޖޫން 2012ވާ (ހޮނިހިރު)ދުވަހު މެންދުރުފަހު 2 ން ރޭގަނޑު 12 އަށް އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އުސްފަސްގަނޑުގައެވެ.

އާންމު ބައެއް ފަރާތްތަކަށް ވެސް މޭޒު ވިއްކާފައިވާ މި ޖަމްބަލް ސޭލް އަކީ ކާމިޔާބު ސޭލް އަކަށް ވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، މި ހަރަކާތަށް ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބިފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެއެވެ.