އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ އޮންނާނެ

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ 8.30 ގައި ދަރުބާރުގޭގެ ‘ހަކުރާ މާލަމް’ ގައި އޮންނާނެއެވެ. މި ބައްދަލުވުމަށް، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވާ އެމްޑީޕީގެ މެމްބަރުންނަށް ޕާޓީ ޓިކެޓް ދިނުމަށް އިތުރު މެމްބަރުންގެ ނަން ހުށަހެޅޭނެއެވެ.
އަދި ޕާޓީ ޓިކެޓް ދިނުމުގެ މަސައްކަތް ހިންގަވާ 5 މެމްބަރުންގެ ކޮމިޓީން ބައެއް ނިންމުންތައް ހުށަހަޅުއްވާނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގައި ހިމެނިވަޑައިގަންނަވަނީ 35 މެމްބަރުންނެވެ.