އެމްޑީޕީގެ އެކްޓިވިސްޓް އަދި ކުޅުދުއްފުށީދެކުނުދާއިރާގެ ހިންގާކޮމެޓިގެ ސެކްރެޓެރީ އަވަހާރަވުމުގެ ހިތާމައިގާ އެމްޑިޕީން ނެރޭ ބަޔާން

ރޭދަންވަރު 3:55 ހާއިރު ކުޅުދުއްފުށީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އެމްޑީޕީގެ އެކްޓިވިސްޓް އަދިކުޅުދުއްފުށީ ދެކުނުދާއިރާގެ ސެކްރެޓެރީ އަހުމަދު އިބުރާހިމް އަވަހާރަވި ހިތާމަވެރި ހާދިސާއާއި ގުޅިގެން މިޕާޓިގެފަރާތުން މަރުޙުމް އަޙުމަދު އިބުރާހީމްއާއި ޢާއިލާ އަށް ތަޢުޒިޔާ ރައްދުކުރަމެވެ. އަހުމަދު އިބުރާހީމަކީ މިޕާޓީ އަށްޓަކާ ނުހަނު މަތިވެރި ގުރުބާންތަކެއް ވެވަޑައިގެންފައިވާ އަދި އެޒުނާގެ ޚިދުމަތްތަކަކީ މިޕާޓީ ދެމިއޮހާހިނދަކު ފޮހެވިގެންދާނޭ ޚިދުމަތް ތަކެއް ނޫނެވެ. މަރުޙޫމް އަހުމަދުއިބްރާހީމް އަކީ ހީވާގި ކަމާއެކު ޕާޓީ ކުރިއެރުވުމަށްޓަކާ ތަފާތު ރޮނގުތަކުގައި ނުހަނު ހިއްވަރާއެކު މިހާތަނަށް މަސައްކަތް ކުރެއްވި އެކްޓވިސްޓެއްކަން މިޕާޓީއިން ފާހަގަކުރަމެވެ. މާﷲ މަރުޙޫމު އަހުމަދު އިބްރާހީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އަދި އަޙުމަދު އިބްރާޙިމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުންއެދި ދުއާ ދަންނަވަމެވެ. ދިވެހިގައުމަށް ގެއްލިގެން ދިޔަ އަގުބޮޑު ޒުވާނާ އަހުމަދު އިބްރާހީމް އަވަހާރަވި ހިތާމަވެރި ޚަބަކީ މުޅިއެމްޑީޕީ ސިއްސުވާލި ޚަބަރެކެވެ. މިހިތާމައިގާ އެމްޑީޕީގެ އެންމެހައިވެރިންނާ އެންމެހާ މެންބަރުންގެ ނަމުގައި އެމަރުޙޫމު ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަށް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.