ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ކުރެއްވި ޒިޔާރަތާ ގުޅޭ ގޮތުން އެމްޑީޕީން ނެރޭ ނޫސްބަޔާން

”ދި އައިލަންޑް ޕްރެޒިޑެންޓް: ނިޔުޔޯކް އަދި އެގައުމުގެ މީޑިއާ ތަކުން އަންނަނިވި ބައިތައް ފާހަގަ ކުރެވެއެވެ.

“ދި އައިލަންޑް ޕްރެޒިޑެންޓް” އުފެއްދި ޖޮން ޝެންކް ނިޔުޔޯކް ޓައިމްސްގައި ވިދާޅުވެފައިވަނީ: ”ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކްކޮށް އިންތިހާބުކުރެވުނު ވެރިޔާގެ ހައިސިއްޔަތުން ނަޝީދު އަޒުމްކަނޑައެޅުއްވީ އޭނާގެ ގައުމުގެ ފުނޑުފުނޑުވެފައިވާ އިގްތިސޯދު އާރާސްތުކުރުމަށާއި، ގައުމުގެ ނާޒުކު ޑިމޮކްރަސީ ފުރާފުރިހަމަކުރުމަށް އެކަންޏެއްނޫން. މީގެ އިތުރުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާގުޅުންހުރި މާސިންގާ ހަނގުރާމައާވެސް ކުރިމަތިލެއްވުމަށް” އަދި ނުރައްކާތެރި ހާލަތެއް އުފައްދައި ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރުވި ވާހަކަ އޭނާ އަޑުއެހީ ވަރަށްވެސް ބޮޑު ސިހުމަކާއެކުކަމަށް، ޝެންކް ބުނެފައިވެއެވެ. “ނުރައްކާތެރިކަން ވެރިކުރުވަނިވި ހާލަތެއްގައި ރައީސް ގައްޔޫމަށް ތާއީދުކުރާ ބަޔަކު މަގުތަކަށް ނުކުމެ ވެރިކުރުވުމަށް ފަހު، ނިކަމެތި، ނާޒުކު، އެހެންގޮތެއް ނޯންނާނޭފަދަ ފައްތަރަކަށް ރައީސް ނަޝީދު ވައްޓާލި. އެއީ އަމިއްލަ ގައުމުގެ އަހުންނަށް ހަމަލާދިނުން ނުވަތަ އިސްތިއުފާދިނުން. އެހިނދުކޮޅުގައިވެސް އޭނާ އިހްތިޔާރުކުރީ އޭނާގެ ޒަމީރާ، އެއްގޮތައް ކަންތައްކޮށް ، މަޖުބޫރީ އިސްތިއުފާދިނުމަށް،” ކަމަށް ޝެންކް ގަބޫލުކުރެއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ އިތުރުން އޭނާގެ ފިލްމުން އިތުރު މަގްސަދެއް ހާސިލްވުމަކީ އޭނާ އެދޭކަމެއްކަން ފާހަގަކޮށް ޝެންކް ބުނީ، ކުރީގެ ޑިކްޓޭޓަރ މައުމޫން އަބްދުން ގައްޔޫމަށް ވަފާތެރި ބައެއްގެ ރޭވުމަކުން ރައީސް ނަޝީދު ވެރިކަމުން ވައްޓާލީ ބަޣާވާތަކުން ކަން ދުނިޔެއަށް އޭނާގެ ފިލްމުގެ ޒަރިއްޔާއިން ކަށަވަރުކޮށްދިނުމަކީ ދެވަނަ މަގްސަދުކަމަށެވެ.

ދަ ނިޔުޔޯކް ޓައިމްސް މޫވީ ރިވިޔު މާރޗް 27، 2012
އޭ. އޯ. ސްކޮޓް ނިޔުޔޯކް ޓައިމްސްގައި ވަނީ:

“30 އަހަރުގެ ދިގު ރާސްތާއެއްގެ ތެރެއިން ދިވެހިރާއްޖޭގައި ވެރިކަންކުރެއްވީ މައުމޫން އަބްދުލް ގައްޔޫމެވެ. މައުމޫނަކީ ހުދުމުހްތާރު ވެރިންގައި ހުރުން ލާޒިމް އާދައެއްގެ ތެރެއިން އެނާއާ އިދިކޮޅު މީހުން ޖަލަށްލައި، އަނިޔާކޮށް، ބިރުދައްކަމުން ގެންދިއަ ޑިކްޓޭޓަރެކެވެ. މިޑިކްޓޭޓަރާ އިދިކޮޅު ފިކުރަކައިގެން ނިކުތް އެކަކީ މުހައްމަދު ނަޝީދެވެ. ސިޔާސީ ގައިދީއެއްގެ ގޮތުގައާއި ޑިމޮކްރަސީ ހަރަކާތްތެރިއެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތްކުރެއްވުމަށްފަހު، 2008 ވަނަ އަހަރު އޭނާގެ އުމުރުން 41 އަހަރުފުޅުގައި ރާއްޖޭގެ ރައީސްކަމަށް ނަޝީދު އިންތިހާބުކުރެވިފައިވެއެވެ.
އިހްލާސްތެރި، ގާބިލް، ތައުލީމީ، ބުރުސޫރަ ހިތްގައިމު ނަޝީދަކީ މިއަދުގެ ދުނިޔޭގެ އެންމެ އިސް ސިޔާސީ ފަންތީގައިހުރި މައްސަލަތަކާމެދު ކަންބޮޑުވުން ފައުޅުކުރައްވައި އެހެނަސް ދުނިޔޭގެ އިސް ސިޔާސީ މަސްރަހުގައި ނުހަނު ފަސޭހަކަމާއި އަމިއްލަވަންތަކަންމަތީ ހަރަކާތްތެރިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.”

ރައީސް ނަޝީދުގެ މިޒިޔާރަތުގައި މަޝްހޫރު “ލޭޓް ޝޯވ ވިތް ޑޭވިޑް ލެޓަރމަން” ގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ދިވެހިރާއްޖެއާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

“ޑިމޮކްރަސީ ނައު” ފަދަ މަޖައްލާތަކުގައިވެސް ރައީސް ނަޝީދާބެހޭ ލިޔުންތައް ޝާއިޢު ކޮއްފައިވެއެވެ. އަދި ހަމަ އެހެންމެ،”ހަފިންގްތަން ޕޯސްޓަށް” ރައީސް ނަޝީދުދެއްވި ބަސްދީގަތުމުގައި ވިދާޅުވަނީ، “މެދުއިރުމަތީގައި ތިބި އަޅޫގަނޑުމެންގެ އަހުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުދުމުހްތާރު ވެރިކަމެއް ތިޔަބައިމީހުންނަށް ފުރޮޅާލެވިއްޖެއެވެ. އެހެނަސް، އާދޭހާއެކު ބުނަމުއެވެ. ސަމާލުވެތިބޭށެވެ. ބަދަލުހިފުމުގެ ރޫހެއްގެތެރެއިން އެމީހުން (ޚުދުމުޚްތާރު ވެރިން) އަނބުރާ އާދެއެވެ. 2008 ގައި އަޅުގަނޑުމެންވެސް ހުދުމުހްތާރު ވެރިއެއްގެ ކިބައިން ސަލާމަތްކަން ހޯދީމުއެވެ. ހުދުމުހްތާރު ވެރިއަކު ކިބައިން ސަލާމަތްވުމަކީ ފަސޭހަކަމެކެވެ. އެހެނަސް، އެހުދުމުހްތާރު ވެރިކަމުގެ ވިއުގަތަކާއި އޭގެ އެތެރެހަށީގެ ނުބައި ސިފަތައް ނެތިކޮށްލުމަކީ އެހާ ފަސޭކަމެއްނޫން،” ކަމަށެވެ.

“ސެލޯން” މަޖައްލާގައި އެންޑްރޫ އޯހައިއަރ ލިޔަނީ: ހަގީގަތުގައިވެސް ރައްޔިތުން ރައީސް ނަޝީދަށް ތާއީދުކޮށް ތިބިނަމަ ބަގާވާތާ ދެކޮޅަށް އޭނާއަށް މަސައްކަތް ކުރެއްވޭނޭ މަގުފަހިވީސްނޫތޯއޭ އަޅުގަނޑު ރައީސް ނަޝީދު އަރިހުން ސުވާލުކުރީމެވެ. މިސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، “އަޅޫގަނޑަށް ވެރިކަމުގައި ހުރެވުނީސް. ބަގާވާތް މަރާލައި ނެތިކޮށްލެވުނީސް. ފުލުހުންގަޔަށް ބަޑިޖަހައި އެކަން ނިންމާލުމަށް އަޅުގަނޑަށް އެންގުނީސް. އެހެނަސް، އެއީ ކަންކަން ހައްލުކުރުމަށް ވިސްނާއިރު ވަރަށް ހަނިނަޒަރަކުން ވަގުތުން ވަގުތައް ހޯދޭ ވަގުތީ ހައްލެއްގެ މަގު،” ކަމަށެވެ.

ނަޝީދަކީ މާ އައިޑިއަލިސްޓިކް އަދި އޮޕްޓިމިސްޓިކް މީހެއްކޭ ބުނެ އޭނާއަށް ފާޑުކިއުންތައް ފަހަރުގައި ރައްދުކުރެވިދާނެއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަތަކަށް ސަރުކާރާ ހަވާލުވެ މިހާރުތިބި މީހުން އަލިއަޅުވާލާނޭތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ: “އެއީ އެމީހުންނަށް ކުރެވިދާނޭކަމެއްނޫން. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާމެދު ހިޔާލުފައުޅުކުރުމަށްޓަކައި ސީދާސާދާ ފިކުރެއް ބޭނުންވޭ. ހިޔާލު ފައުޅުކުރާން ފަށާ ކޮންމެ ފަހަރަކު ފަހަތުގައި ފޮރުވިފައިވާ ހަޑިމުޑުދާރުކަން ފައުޅުވެ، އެއިން ސަލާމަތްވުމަށްޓަކައި ޖަވާބުދާރީ ވޭވޭ ތިބޭންޖެހޭ ބަޔަކަށް އެކަންވުން ނާދިރު. ޑިމޮކްރެޓިކް ސަރުކާރަކުން އެފަދަ ކަންކަން ކުރާ ބީދައިން އެމީހުންނަށް އެކަން ކުރެވިދާނޭކަމަށް އަޅުގަނޑު ނުދެކެން،” ކަމަށެވެ.
– އެމެރިކާ އަށް ކުރެއްވި މިދަތުރުފުޅު ގައި ވޯލްޑް ބޭންކް ގެ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް އާއި އަދި އެމެރިކާ ސަރުކާރުގެ ޚާރިޖީ ވުޒާރާ އިން މިދަތުރުފުޅާ ގުޅޭ ގޮތުން ބައްދަލު ކުރެއްވި ވަފްދުގެ މެމްބަރުންނާ އެކު ރައީސް ނަޝީދު މަޝްވަރާ ތައް ކުރިއަށް ގެންދެވިއެވެ.

ރައީސް ނަޝީދުގެ އެމެރިކާ ދަތުރުފުޅުގައި އެގައުމުގެ ނަންކިޔާލެވޭ އެތައް ނޫސްމަޖައްލާއަކަށް ބަސްދީގަތުންތައް ދެއްވައި، ރޭޑިއޯއާއި ޓީވީގެ އެތަކެއް މަޝްހޫރު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ނަޝީދުގެ ޝަޚުޞީ ގާބިލްކަމާ، އެމަނިފާނުގެ ތަބަޢީ ޚުލްގުފުޅުގެ އެންމެހާ މަސްދަރުތައް ހާމަވެގެންދިޔަ ފިލްމު ”ދިއައިލެންޑް ޕްރެޒިޑެންޓް” އަށް ގިނަ ޢަދަދެއްގެ މަތީފަންތީގެ އެވޯޑްތައް ވަނީ ލިބިފައެވެ. އެމެރިކާގައި މިފިލްމު ޕްރީމިއަރ ކުރި މިހަފްލާއިން ދުނިޔޭގެ ކުރިމަތީގައި ހާމަވެގެން ދިޔަ މުހިންމު އެއްކަމަކީ 7ފެބްރުވަރީގައި ދިވެހިރާއްޖެ އަށް ގެނެވުނު ނުރައްކާތެރި ބަޣާވާތް އުފެދިގެން އައީ ކުރީގެ ޚުދުމުޚްތާރު އަނިޔާވެރި ވެރިންގެ ފަސްބައިން ކަމެވެ. އަދި ދިވެހިރާއްޖޭގެ ގުދުރަތީ އުފެދުމަށް ބަލާއިރު ރާއްޖެއަކީ ނާޒުކު މަލެއްފަދަ ގައުމަކަށްވާ ހާލު މިއަދު ވަގުތުން ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގެ ސިޔާސީ ހާލަތުވެސް ވަނީ އެފަދަ ނާޒުކު މަރުހަލާއެއްގައި ކަން ހާމަ ވެގެން ދިޔައެވެ. ފިލްމުގައި ރައީސް ނަޝީދުގެ ނަޒަރުން އެންމެ އިސްކަމެއް ދެއްވީ ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކަށެވެ. އެއާއެކު ސައްތަ އިން ސައްތަ މުސްލިމް ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިއާދަ ކުރުމަށްޓަކާ މިހާރު އެންމެ މުހިންމީ އަވަސް އިންތިޚާބެއް ކަމުގައި ފިލްމު ޕްރީމިއަރ ކުރި ހަފްލާގައި ފާހަގަ ކުރެވުނެވެ. އަދި ރާއްޖޭގެ ކަންކަމާ މެދު ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ކަން ވަރަށް ސީދާ ގޮތުގައި ހާމަކުރެވުނެވެ.

ރައީސް ނަޝީދުގެ އެމެރިކާ ގެ ޒިޔާރަތާބެހޭގޮތުން އިތުރު މައުލޫމާތު އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިން ޢާންމުކޮށް ހާމަކޮށްދެއްވާނެ އެވެ.

– ތަން: ވީވީއައިޕީ ލައުންޖް / އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓް
– ގަޑި / ތާރީޚް: 4މާރޗް 2012 ހެނދުނު 8.45.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް