އެމްޑީޕީ އަންހެނުންގެ ރޫޙްގެ ޚާއްސަ ޖަލްސާއެއް މިރޭ ދަރުބާރުގޭގައި
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ޖަގަހަ ހުޅުވުމުގެ ތެރެއިން
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ޖަގަހަ ހުޅުވުމުގެ ތެރެއިން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫޙްގެ ޚާއްސަ ޖަލްސާއެއް މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.

ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި މިރޭ 9.15 ގައި ފަށާ މި ޚާއްސަ ޖަލްސާ އަށް އެމްޑީޕީގެ ހުރިހާ އަންހެން މެންބަރުންނާއި ބަޣާވާތާއި ދެކޮޅަށް މަސައްކަތްކުރާ ހުރިހާ އަންހެނުން ހާޒިރުވުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން އެދެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އިންސާފުގެ ދަތުރުގައި އެންމެ ޙަރަކާތްތެރި ކަމަށް ފާހަގަކުރެވޭ އެމްޑީޕީގެ އެއް ގުނަވަނެވެ. މިހާތަނަށް އެ ރޫޙުން ވަނީ ދެ ހިނގާލުމަކާއި، ސުލްޙަވެރި އެތައް އިޙްތިޖާޖެއް ކާމިޔާބު ކަމާއި އެކު ބާއްވާފައެވެ.