އެމްޑީޕީގެ ފްރީޑަމް ޕެރޭޑްގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

freedom-parade

އެމްޑީޕީގެ ފްރީޑަމް ޕެރޭޑްގައި އެތައްހާސް ބަޔަކު މިއަދު ބައިވެރިވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުން ފެށި މި ހިނގާލުމުގެ ބައިވެރިން އަމީނީމަގުން ގޮސް ބޮޑުތަކުރުފާނު މަގުން، މަޖީދީ މަގުން ގޮސް ހިނގާލުން ނިންމާލީ ލޮނުޒިޔާރަތްކޮޅު “އިންސާފުގެ މައިދާނަށެވެ.”

މި ހިނގާލުމުގައި ބާޣީ ސަރުކާރާ ދެކޮޅަށް ހަދާފައިވާ ލަވަތައް ޖަހައި، ބާޣީ ސަރުކާރާއި ދެކޮޅު ބެނާތައް ލިޔެފައިވާ ޕްލަކާޑްތައް ހިފައިގެން ތިބެ އެތައް ހާސް ބަޔަކު ވަނީ އަވަސް އިންތިޚާބަކަށް ގޮވާލާފައެވެ.

މި ސުލްހަވެރި ހިނގާލުމުގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން ބާޣީ ސަރުކާރާ ދެކޮޅު އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާ ކަން ފާހަގަކުރެވެއެވެ.