އެމްޑީޕީގެ ހަރުގެ އަލުން ހުޅުވުން މިއަދު ހަވީރު އޮންނާނެ

picture-332

އެމްޑީޕީގެ ހަރުގެ އަލުން ހުޅުވުން މިއަދު ހަވީރު އޮންނާނެއެވެ.

އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ އަލުން މި ހުޅުވަނީ 2 ފަހަރެއްގެ މަތިން ފުލުހުން އެ ހަރުގެ ތަޅައި ސުންނާފަތިކޮށްލާފައި ވަނިކޮށެވެ.

ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ ސަރުކާރާއި އިދިކޮޅުވެ، ބަޣާވާތްކުރި ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ލާއިންސާނީ ޢަމަލުތައް ހިންގުމަށްފަހު އެ ހަރުގެއަށް ފެބްރުއަރީ 8 ވަނަ ދުވަހުގެ އެމްޑީޕީގެ ސުލްހަވެރި ހިނގާލުމަށްފަހު ފުލުހުންވަނީ އަރައިގަނެ، ހަރުގޭގެ މުދަލަށް ގެއްލުންދީ އެތަން ސުންނާފަތިކޮށްލާފައެވެ.