ލ. އިސްދޫ އަށް ޕޮލިހުންނާއި ސިފައިން އަރައި އެރަށުގެ އެމްޑީޕީ މެންބަރުން ހައްޔަރު ކުރަމުން އެބަގެންދެއެވެ.
ލ.އިސްދޫ ޕޮލިޝްޓޭޝަން މީގެ ދެދުވަސްކުރިން ބަންދުކުރެވިފައި ވަނިކޮށް އެތާގައި ފުލުހުން ގެންގުޅުނު އެންމެހައި ތަކެތި ބަދަލު ކުރަނީކަމުގައި ވާހަކަދައްކައި، ޕޮލިސްޓޭޝަން ދޫކޮށް ދާ ސިފަދެއްކުމަށް ފަހު އެބުނރި އެއްގަމަށް އަރާ މައިންދަރިންގެ ތެރޭގައި ނުދެއްކޭފަދަ ހުތުރުބަހުން ގޭގެއަށް ގޮސް ޢާއިލާތަކާ މުޚާޠަބުކުރަމުންދާ ކަމަށާއި 3 ކައުންސިލަރުންނާއި ހޮސްޕިޓަލުގެ މެނޭޖަރާ އަދި އެމްޑީޕީގެ އެކްޓިވިސްޓަކު މިހާތަނަށް ހައްރުކޮށްފައިވާކަން އޭނާކަށަވަރުކޮށްދިނެވެ.
ހައްޔަރުކުރާ މީހުން ފަހަތަށް ބިޑިއެޅުވުމަށްފަހު ޕިކަޕްގެތެރެއަށް އުކަމުން އެބަދާކަމަށާއި، އަދި ޕިކަޕަށް އެރުވުމަށްފަހު ބޫޓުންތަލާ ލާއިންސާނީ ޖަރީމާތަށް ހިންގަމުންދާކަމަށާ 15 އަށްވުރެ ގިނަމީހުން އެކިތަންތާގައި ފިލާފައިވާކަމަށް ޚަބަރު ލިބެއެވެ.
އިންސާނީ ހައްގުން ހައްދުންމަތީ އިސްދޫ މަޙުރޫމްވެއްޖެ ކަމަށާއި، އިސްދޫގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ މީހުން މި ބިރުވެރިކަމުން ސަލާމަތް ކޮށްދިނުމަށް އެދި ކަމާބެހޭފަރާތްތަކުގައި އާދޭސް ކުރާކަމުގައި ރޮމުން އިސްދޫ ރައްޔިތަކު، އެމްޑީޕީ ވެބްސައިޓަށް ކިޔައި ދިނެވެ.