އެމްޑީޕީ ގދ.ތިނަދޫ ދާއިރާގެ ފަރާތުން އިދިކޮޅު ފަރާތްތައް ކުށްވެރިކޮށް ބައްދަލުވުމެއް ބާއްވައިފި

މިބައްދަލުވުމުގައި ތިން ޕެޓިޝަނެއްގައި ސޮއި ކޮށްފައިވޭ

thinadhoo-085-450-x-338

ގދ.ތިނަދޫ އެމްޑީޕީ ދާއިރާގެފަރާތުން އިސްނަގައިގެން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަދައްކަވާފައިވަނީ ޤައުމީ ޕާޓީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލުއަހުމަދު އެމްޑީޕީގެ މެންބަރުންގެ އިސްލާމީ އަގީދާއާބެހޭ ގޮތުން ދައްކާފައިވާ ވާހަކަ ކުށްވެރިކޮށެވެ. މިގޮތުން ގދ.ތިނަދޫ ދާއިރާގެ ނައިބްރައީސް މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ޑރ. ޖަމީލު ދައްކަވާފައިވާ ވާހަކަތަކަކީ ތަހުގީގު ކުރެވެން ޖެހޭ ވާހަކަތަކެއް ކަމަށާއި ، އެއީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކްނ އެއީ ބެލެން ޖެހޭނެކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގދ.އަތޮޅު ކައުންސިލަރު އަހުމަދު ޤައިސް ވިދާޅުވީ މިއަދު ސަރުކާރުން އަބްދުﷲ ޤާޟީ ބަންދު ކުރަން ޖެހިފައިވަނީމަޖުބޫރު ވެގެން ކަމަށެވެ. މީނާއާމެދު ބޮޑެތި މައްސަލަތަކުގައި ކުށްވެރިވާމީހުން ދޫކުރަމުންގެންދާކަމަށް ގެންދާކަމަށް ގިނަބަޔަކު ތުހުމަތު ކުރާކަމަށެވެ. އަދި ބޮޑެތި މައްސަލަތައް ނުބައްލައި ލަސް ކުރަމުން އަންނަކަމަށްވެސް ޤައިސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ތިން ޕެޓިޝަނެއްގައި ސޮއިކޮށްފައިވެއެވެ. އެއީ ޤައުމީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އެމްޑީޕީގެ މެންބަރުންނަށް އިޝާރާތްކޮށް ލާދީނީ މީހުންކަމަށް ވިދާޅުވެފައިވާތީއެކަން ތަހުގީގުކޮށް ދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުއްވާ ޕެޓިޝަނަކާއި ، ހަމަ މިމައްސަލާގައި ޕާޓީގެ ފަރާތުން އިސްނަންގަވައިގެން މިމައްސަލަ ބައްލަވައިދެއްވުން އެދި ޕާޓީގެ ޗެއަރޕަރސަން އަށް ފޮނުއްވާ ޕެޓިޝަނެއްގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއްގައެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިނަދޫ ކައުންސިލަރ އަލީ އިކްރާމް ދެއްކެވި ވާހަކައިގައި އަދާލަތު ޕާޓީގެ ބައެއްމެންބަރުންނަކީ ހައްޖަށް މީހުން ފޮނުވާ ގުރޫޕްތަކުގެ މީހުންބަލައި އެމީހުންނާ ލޯބީގެ ގުޅުން ހިންގާ ބައެއްކަމަށް ތުހުމަތުކުރައްވައި، އެއީ އިޚްލާސްތެރި ހިތަކާއެކު އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ ބައެއް ނޫން ކަމަށް ވިދާޅުވިއެެވެ.

މިބައްދަލުވުމަށް ތިނަދޫގެ ގިނައަދަދެއްގެ ބަޔަކު ހާޒިރުވިއެވެ. ބައްދަލުވުން ބޭއްވުނީ ތިނަދޫ ޖެޓީ ސަރަހައްދުގައެވެ. ބައްދަލުވުން ނިންމާލީ ބޮނޑިބަތް ކެއުމަކުންނެވެ.