މާލޭގެ މަގުތަކުގައި ހުރި ސަރުކާރުގެ މުދަލަށް ގެއްލުން ދެމުން ގެންދާ މައްސަލަ ބަލައިދިނުމަށް މާލޭސިޓީގެ މޭޔަރ ސަލާމަތީ ބާރުގައި އެދިވަޑައިގެންފި

ފަހަލަ ސައީދު

މާލެ ފެހިކޮށް ރައްޔިތުންނަށް އުފާވެރި މާޙައުލެއް ގާއިމްކުރުމަށް ސަރުކާރުން ހިންގަވާ މާލެ ފެހިކުރުމުގެ ޕްރޮގްރާމުގެ ދަށުން މާލޭގެ މަޖީދީމަގާ ޗާންދަނީ މަގުގައި އިންދާފައިހުރި ފެންފޯއް ރުއްތަކަށް ގެއްލުންދީ ގިނަޢަދަދެއްގެ ރުއްތައް އުފުރާ ބިންދާ ފިހާރަތަކަށް ގެއްލުންދީ މާލޭގެ އަމަންއަމާން ކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ދިއުން ހުއްޓުވާ އެފަދަ ފަރާތް ތަކާމެދު ފިޔަވަޅު އަޅައިދިނުމަށް މާލޭގެ މޭޔަރ ރާއްޖޭގެ ސަލާމަތީ ބާރުގައި އެދިވަޑައިގެންފިއެވެ.

މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ހިނގާ ބިގާވެ އުޅުމުގެ މިނިވަންކަން ޙުދޫދެއް ނެތި ލިބިފައިވާ ތަނެއްނޫންކަމަށާ
މަގުތަކުގައި ވެސްހިނގަނީ އިންސާނުންކަމަށް ވީހިނދު ކޮންމެ އިންސާނަކަށްވެސް ﷲ ދެއްވާފައިވާ އަމިއްލަ މިނިވަންކަމުގެ ޙައްގު އެއްވެސްފަރާތަކުން ނިގުޅައި ނުގަނެވޭނޭ ގޮތަށް މަގުތަކުގެ އަމާންކަމާ ރައްކާތެރިކަން ގާއިމްކޮށް ދިނުމުގެ ގާނޫނީޒިންމާ އެޅިފައިވަނީ ރާއްޖޭގެ ތަންފީޒީ ބާރުގެ ކޮނޑުގައިކަން މާލޭ މޭޔަރ ކަށަވަރުކޮށް ދެއްވާފައިވެއެވެ.

މާލޭގެ މަގުތަކުގައި އިންދާފައިވާ ފެންފޯއް ރުއްތަކަކީ ރައްޔިތުންގެ ޙައްގެއް ކަމަށާ އެރުއްތަށް ހަލާކުކުރި ފަރާތްތަކުން އެޙައްގު ރައްޔިތުންނަށް ފުރިހަމައަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.
ފެންފޯއްރުއްތަކަށް ސަރުކާރުން ވަނީ ބޮޑު ހޭދައެއް ކުރައްވާފައިކަމަށާ މިހާތަނަށް ލައްކައެއްހާ ރުފިޔާ އެމަސައްކަތަށް ހޭދަވެފައިވާކަން ވެސް މޭޔަރ ފާހަގަ ކުރެއްވިއެވެ.