ނިމިގެންދިޔަ ދެ ބައި އިލެކްޝަނުން އެމްޑީޕީން ފަހުރުވެރިކަމާއި އެކު ހޯއްދެވި ފުރިހަމަ ކާމިޔާބަށް އެޕާރޓީގެ ރައީސް މަރުހަބާދަންނަވައިފި

ށ އަތޮޅު ކައުންސިލް މިލަންދޫ ދާއިރާއިން ހުސްވެފައިވާ ދެ ގޮނޑި އާއި، އއ މަތިވެރި ކައުންސިލުން ހުސްވެފައިވާ ގޮނޑިޔަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިޚާބު ތަނަވަސްކަމާއި އެކު އެމްޑީޕީގެ ކެނޑިޑޭޓުން ކާމިޔާބު ކޮށްފައިވާތީ، އެ 3 ބޭފުޅުންނަށް ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) މަރުހަބާ ވިދާޅުވެއްޖެއެވެ.
މި 2 އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވުމުން އެނގިގެންދާ ހަގީގަތަކީ، މިހާރުކުރަމުންދާ ވެރިކަމަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭ ހެޔޮވެރިކަމެއްކަމަށް ރައްޔިތުން ބަލައިގެންފިކަން ކަމުގައި ޕާޓީގެ ރައީސް ޑރ އިބްރާހިމް ދީދީ ވިދާޅުވިއެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ޓަކައި ކުރަމުން މިދާ ބުރަމަސައްކަތް ކާމިޔާބު ކުރުމުގައި ހުރިހާ ރައްޔިތުންވެސް އެމްޑީޕީ އާއި އެކު ތިއްބެވިކަން މި އިންތިޚާބުން އެނގިގެންދާ ކަމަށްވެސް އެ ޕާޓީގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުގައި އިހްލާސްތެރިކަމާއި އެކު މަސައްކަތްކޮށް، މިސަރުކާރުން ރައްޔިތުންނަށް ޓަކައި ކުރަމުން މިދާކަންތައްތައް ވީހާވެސް ގާތުން އަވަސްކަމާއި އެކު ފޯރުކޮށްދިނުމަށް އއ މަތިވެރި ކައުންސިލަށް އިންތިޚާބުވި އިސްމާއިލް އާތިފާއި، މިލަންދޫ ދާއިރާއަށް އިންތިޚާބުވި ޢަބުދުﷲ އާތިފާއި، ފިރާގު އިބްރާހިމް ގެ ކިބައިން ޕާޓީގެ ރައީސް އެދިލެއްވިއެވެ.