ތައުޒިޔާ ދެންނެވުން

photo

14 ޑިސެމްބަރު 2011 ގައި ހިގި ވަރަށް ހިތާމަވެރި ހާދިސާއެއްގައި ގދ. ގައްދޫ މާޖެހިގޭ ޖުނައިދު ޖައުފަރު ނިޔާވެފައިވާތީ، ގައްދޫ ވާދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއާއި، އެމްޑީޕީ ގައްދޫ ދާއިރާގެ ރައީސް އަހުމަދު ޒާހިރުއާއި، ދާއިރާގެ ހިންގާ ކޮމެޓީއާއި،ދާއިރާގެ ހުރިހާ މެންބަރުން އަދި ޖުމްލަކޮށް މި ދާއިރާގެ ހުރިހާ ރައްޔިތުންގެ ފަރާތުން މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ކިޔަމެވެ.

ޖުނައިދު ޖައުފަރު އަކީ ގައްދޫގެ ވަރަށް ހީވާގި ދަރިއެކެވެ. އިޖުތިމާއީ ވަރަށްގިނަ ހަރަކާތް ތަކުގައި އަމަލީގޮތުން ބައިވެރިވެ، ބުރަކޮށް ގައްދޫއަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހިއްވަރުގަދަ ދަރިއެކެވެ. ރާއްޖެއަށްގެނެވުނު ޑިމޮކުރަސީގެ ހަރަކާތްތަކުގައި ގައްދޫ ތަމްސީލުކުރުމަށް ގިނަހަރަކާތްތަކެއްގައި ބައިވެރިވެފައިވާ ޖުނައިދު އަކީ، އެމްޑީޕީ ގައްދޫ ވާދޫ ދާއިރާގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ޒުވާނެކެވެ.

މި ކުއްލި ހިތާމަވެރި ޚަބަރު ލިބިވަޑައިގަތުމާއިގުޅިގެން ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އެމްޑީޕީ ގައްދޫ ދާއިރާގެ ރައީސް އަހުމަދު ޒާހިރުއާއި ގުޅުއްވާ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދެންނެވިއެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީވެސް ދާއިރާގެ ރައީސް އަހުމަދު ޒާހިރުއާއި ގުޅުއްވާ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދެންނެވިއެވެ.