ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ކްރިމިނަލްކޯޓުގެ އިސް ގާޟީއާއި މިއަދުވެސް ބައްދަލު ކުރައްވައިފި

ފަހަލަ ސަޢީދު

moosa

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރީކޯމޫސާމަނިކު
ކްރިމިނަލް ކޯޓުގެ އިސްގާޒީއާއި މިއަދުވެސްބައްދަލު ކުރައްވައިފިއެވެ. ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މޫސާމަނިކު ވިދާޅުވީ ކްރިމިނަލްކޯޓުގެ އިސްގާޒީ ޢަބުދުﷲ މުޙައްމަދު ވަރަށްބިޒީކޮށް އުޅުއްވަމުން ވަރަށް އިޙުތިރާމާއެކު ވަގުތު ކޮޅެއްދެއްވިކަމަށާ މިއަދުގެ ބައްދަލު ކުރެއްވުމަކީވެސް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ގެމައްޗަށް ހުށަހެޅިފައިވާ ގިނަމައްސަލަތަކެއް އެކޯޓުގައި ހުރުމާއެކު އެމައްސަލަތައް ނުނިމި ގިނަދުވަސްވެ ރައްޔިތުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެމައްސަލަތައް އަވަހަށް ނިންވާދެއްވުމަށް އިސްގާޒީ ގެ އަރިހުގައި މިއަދުވެސް ދެންނެވިކަމުގައެވެ.

އިސްގާޒީ މައދުވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަހުމަދު ނާޒިމް ގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކޮންމެވެސް އެއްމައްސަލައެއް ކުރިއަށް އޮތް މަހެއްހާ ދުހުގެ ތެރޭގައި ނިންމަވާ ދެއްވާނޭކުގައި ކަމަށް މޫސަވިދާޅުވިއެވެ. ނާޒިމްގެ މައްސަލަ އެކޯޓަށް ހުށަ ހެޅުނުފަހުން ތިންއަހަރާ ގާތްވެ އެއިންއެއްވެސް މައްސަލައެއް މިއަދާހަމައަށް ނިމިފައިނުވާއިރު އޭގެމާފަހުން އެކޯޓަށް ހުށަހެޅުނު ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން މެންބަރުންގެ މައްސަލަތައް ނިމފައިވާކަމަށާ ނާޒިމުގެ މައްސަލަ ދިގުލާދަމުންދާތީ ޝަރުޢީނިޒާމާމެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އިތުބާރުގެއްލެމުން ދާތީއާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ އަގުވެއްޓޭ ފަދަގޮތްގޮތަށް ރައްޔިތުންގެ މެދުގައި ވާހަކަ ދައްކަމުންދާތީ އެމައްސަލަ އަވަހަށް ނިންމުމަކީ ރައްޔިތުން އެދޭކަމަކަށް ވާތީ މައްސަލަ ނިންމަންދެން ސިލްސިލާކޮށް ކްރިމިނަލް ކޯޓުގެ އިސްގާޒީއާ ބައްދަލުކުރައްވާނޭކަމުގައިވެސް މޫސަ ވިދާޅުވިއެވެ،

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީޢާޒިމާ އެކު މޫސަވަނީ ކްރިމިނަލްކޯޓުގެ އިސްގާޒީއާ އިއްޔެވެސް ބައްދަލުކުރައްވާ ނާޒިމްގެމައްސަލަ ނުނިމި ލަސްވާތީ އެމައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ މައްޗަށް ކޮރަޕްޝަނާ މަކަރާ ޙިލަތް ހެދުމާ ޚިޔާނާތާ އަދިއެނޫން އެހެން މައްސަލަ ތަކެއް ވަނީ ހުށަހެޅިފައެވެ. މިމައްސަލަ ތަކުގައި ނާޒިމުގެ އިތުރުން ކުރީގެ ރައީސްގެ ކޮށްކޮ ޢަބުދުﷲހަމީދާ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދުސަލީމް (ރެޑްވޭވްސަލީމް) ވެސް ހިމެނިވަޑައިގަންނަވައެވެ، އަދި މީގެއިތުރުން ކުރީގެ ރައީސްގެ ކޮށްކޮ ޢަބުދުﷲ އަލްގީންގެމައްޗަށް ހުށަހެޅިފައިވާ ޚިޔާނާތުގެ މައްސަލައެއްވެސް ދަނީދިގުލަމުންނެވެ.