އެމްޑީޕީގެ މަސައްކަތާއި އިޖްތިމާޢީ ޚިދްމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރަކަށް ޔޫތު މިނިސްޓަރ ޢައްޔަންކޮށްފި

އިބްރާހީމް ރާމިޒް

hasanko

އެމްޑީޕީގެ މަސައްކަތާއި، އިޖްތިމާޢީ ޚިދްމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރަކަށް ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަތީފް ޢައްޔަންކޮށްފިއެވެ.

މިއަދު މެންދުރު ބޭއްވި އެކޮމިޓީގެ ފުރަތަމަ ޖަލްސާ ގައި މި މަމަގާމަށް މިނިސްޓަރ ޙަސަން ލަތީފް ޢައްޔަންކޮށްފައި ވަނީ 11 މެން ބަރުން ހިމެނޭ މި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި 6 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މި ކޮމިޓީއަށް ނައިބު މުޤައްރިރަކު ކަނޑައެޅުން ވެސް އޮތެވެ. އެގޮތުން ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން މިކޮމިޓީގެ ނައިބު މުގައްރިރަކަށް ޢައްޔަންކުރީ ރ.އަތޮޅު ކައުންސިލްގެ (އަލިފުށީ ދާއިރާގެ) މެންބަރު އަދި (ލޯކަލް ގަވަރމެންޓް އޮތޯރިޓީ) އެލްޖީއޭ އަށް ދާއިރާ 2 އިން އިންތިޚާބުވެފައިވާ އެ އޮތޯރިޓީގެ ބޯޑު މެންބަރު މުހައްމަދު ޔޫސުފްއެވެ.

ދާއިރާ 2 ގައި ހިމެނެނީ ނ، ރ، ބ އަދި ޅ. އަތޮޅެވެ.