އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

haruge-25-10-2011-65އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާ އެއްގެ ތެރެއިން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.
މިރޭ (31 އޮކްޓޯބަރ 2011 ވާ ހޯމަ ދުވަހުގެ ރޭ) ގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެ ޕާޓީގެ ދާއިމީ ކޮމިޓީތަކުގެ ފަރާތުންނާއި، އަދި ބައެއް ވަޒީރުން ވެސް ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަކަށް އައިސް އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތައް ބޮޑަށް އަމާޒުކޮށްފައިވަނީ އެ ޕާޓީން ވެފައިވާ ޢަދުލުއިންސާފް ގާއިމްކުރުމުގެ ވަޢުދު ފުއްދުމަށް ބާރު އެޅުމަށެވެ.